ޒަކާތާބެހޭ ފިޤްހު (9): މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލުން ޒަކާތްދިނުން
މިލްކުވެރިކަމުގައިވާ މަންފާ ޙާޞިލުނުކުރެވޭ މުދަލުގެ މިސާލުތަކުގެ ތެރޭގައި؛ ގެއްލިފައިވާ މުދާ، ކަނޑަށް ވެއްޓިފައިވާ މުދާ، ފޭރިގެންފައިވާ މުދާ، ވެރިކަމުގެ ފަރާތުން ނަގާފައިވާ މުދާ ހިމެނެއެވެ.
تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 34 –
ދެވަނައީ: އަލްޙާފިޡް އިބްނު ޙިއްބާނު އެކަލޭގެފާނުގެ ސަނަދުން އަބޫ ނަޞްރު ބިން ޙައްމާދު އަލްވައްރާޤުއާ ހަމައަށް ގުޅާލަމުން ބަޔާންކުރެއްވިއެވެ. [1] އެކަލޭގެފާނު ވިދާޅުވިއެވެ. “ޝުޢުބާ ބިން ޙައްޖާޖުގެ ގޭ ދޮރުމަތީގައި ޙަދީޘް މުރާޖަޢާކުރަން ތިމަންމެން ތިބީމެވެ. ފަހެ، ތިމަން ދެންނެވީމެވެ. އަބޫ އިސްޙާޤުގެ އަރިހުން އިސްރާއީލު ތިމަންމެންނަށް ކިޔައިދެއްވިއެވެ. (އަބޫ އިސްޙާޤު) ރިވާކުރެއްވީ ޢަބްދުﷲ ބުން ޢަޠާގެ އަރިހުންނެވެ. (ޢަބްދުﷲ ބުން ޢަޠާ) ރިވާކުރެއްވީ ޢުޤްބާ ބުން ޢާމިރުގެ އަރިހުންނެވެ. (ޢުޤްބާ ބުން ޢާމިރު) ނަބިއްޔާ صلى […]