އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 1
އަމާންކަން ލިބިފައިވާ ރަށް ﷲ ތަޢާލާވަނީ މައްކާ މާތްކުރައްވާ ޝަރަފުވެރިކުރައްވާފައެވެ. އަދި އަމާންކަން ލިބިގެންވާ ރަށުގެ ގޮތުގައި މައްކާ ސިފަ ކުރައްވާފައެވެ. އަދި އެރަށަށް ޚާއްސަވެގެންވާ ކަންތައްތަކަކާއި ސިފަތަކެއް ލައްވާފައެވެ. މިގޮތުން މައްކާއާއި ގުޅޭގޮތުން ކަނޑައަޅުއްވައިފައިވާ ޙުކުމްތަކާއި ޞިފަތަކުން ދޭހަކޮށްދެނީ މައްކާގެ ހައިބަތާއި މަތިވެރި މަޤާމެވެ. މިފަދަ ބައެއް ކަންކަމަކީ: ޙުރުމަތްތެރި ކުރެވިގެންވުން ﷲ ތަޢާލާވަނީ މައްކާއަކީ ޙަރަމެއްކަމުގައިލައްވަވާ މާތްކުރައްވައިފައެވެ. އިބުނު ޢައްބާސް ރިވާ ކުރައްވައިފައިވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. […]
ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 84 “ދޮގު ހެދުމާއި ޚަބަރު ފެތުރުމުގައި ތެދުދޮގު ބަލައިނުލުން… “
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރައްވައެވެ. ((سَيَكُونُ فِي آخِرِ أُمَّتِي أُنَاسٌ يُحَدِّثُونَكُمْ مَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ))[1] މާނައީ: ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކާބަފައިންވެސް އަހައިފައިނުވާ ވާހަކަތައް ދައްކާ ބަޔަކު ތިމަންކަލޭގެފާނުގެ އުއްމަތުގެ ފަހުކޮޅުގައި ވާނެއެވެ. ތިޔަބައިމީހުން އެއުރެންނާ މެދު ހޭވެރިވާހުށިކަމެވެ.” އަދި އެހެން ރިވާޔަތެއްގައި ވަނީ: ((يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ، […]