އަމާންކަން ލިބިފައިވާ ރަށް
ﷲ ތަޢާލާވަނީ މައްކާ މާތްކުރައްވާ ޝަރަފުވެރިކުރައްވާފައެވެ. އަދި އަމާންކަން ލިބިގެންވާ ރަށުގެ ގޮތުގައި މައްކާ ސިފަ ކުރައްވާފައެވެ.
އަދި އެރަށަށް ޚާއްސަވެގެންވާ ކަންތައްތަކަކާއި ސިފަތަކެއް ލައްވާފައެވެ. މިގޮތުން މައްކާއާއި ގުޅޭގޮތުން ކަނޑައަޅުއްވައިފައިވާ ޙުކުމްތަކާއި ޞިފަތަކުން ދޭހަކޮށްދެނީ މައްކާގެ ހައިބަތާއި މަތިވެރި މަޤާމެވެ. މިފަދަ ބައެއް ކަންކަމަކީ:
-
ޙުރުމަތްތެރި ކުރެވިގެންވުން
ﷲ ތަޢާލާވަނީ މައްކާއަކީ ޙަރަމެއްކަމުގައިލައްވަވާ މާތްކުރައްވައިފައެވެ.
އިބުނު ޢައްބާސް ރިވާ ކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
«إِنَّ هَذَا البَلَدَ حَرَّمَهُ اللَّهُ لاَ يُعْضَدُ شَوْكُهُ، وَلاَ يُنَفَّرُ صَيْدُهُ، وَلاَ يَلْتَقِطُ لُقَطَتَهُ إِلَّا مَنْ عَرَّفَهَا» [رواه البخاري (1587) ، ومسلم )1353)]
” ހަމަކަށަވަރުން މިރަށް ﷲ ތަޢާލާވަނީ ޙުރުމަތްތެރިކުރައްވައިފައެވެ. އެރަށުގެ ގަސްގަހާގެހި އުފުރުމާއި، އެރަށުގައި ޝިކާރަކުރުމާއި، އެރަށުން ހޮވޭ އެއްޗެހި އޭގެ ވެރިފަރާތަށް ރައްދުކުރުމަށްޓަކައި މެނުވީ ހޮވުން ވަނީ ޙަރާމް ކުރައްވައިފައެވެ. ”
އެހެން ރިވާޔަތެއްގައިވެއެވެ.
«فَإِنَّ هَذَا بَلَدٌ حَرَّمَ اللَّهُ يَوْمَ خَلَقَ السَّمَوَاتِ وَالأَرْضَ، وَهُوَ حَرَامٌ بِحُرْمَةِ اللَّهِ إِلَى يَوْمِ القِيَامَةِ» [رواه البخاري (1834)]
“އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެ މިރަށް ވަނީ ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވައިފައެވެ. ޤިޔާމަތް ދުވަހާއި ޖެހެންދެން އެރަށަކީ ﷲ ތަޢާލާ ގެ ޙުރުމަތުން ޙުރުމަތް ލިބިގެންވާ ޙަރަމެއްކަމުގައި ލެއްވިގެންވެއެވެ.”
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
«إِنَّ مَكَّةَ حَرَّمَهَا اللَّهُ وَلَمْ يُحَرِّمْهَا النَّاسُ، فَلاَ يَحِلُّ لِامْرِئٍ يُؤْمِنُ بِاللَّهِ وَاليَوْمِ الآخِرِ أَنْ يَسْفِكَ بِهَا دَمًا، وَلاَ يَعْضُدَ بِهَا شَجَرَةً، فَإِنْ أَحَدٌ تَرَخَّصَ لِقِتَالِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقُولُوا لَهُ: إِنَّ اللَّهَ أَذِنَ لِرَسُولِهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَلَمْ يَأْذَنْ لَكُمْ، وَإِنَّمَا أَذِنَ لِي سَاعَةً مِنْ نَهَارٍ، وَقَدْ عَادَتْ حُرْمَتُهَا اليَوْمَ كَحُرْمَتِهَا بِالأَمْسِ، وَلْيُبَلِّغِ الشَّاهِدُ الغَائِبَ» [رواه البخاري (1832)]
”ހަމަކަށަވަރުން މައްކާ ޙުރުމަތްތެރިކުރެއްވީ ﷲ ތަޢާލާއެވެ. އެރަށް ޙުރުމަތްތެރިކުރީ މީސްތަކުންނެއްނޫނެވެ. ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހަކަށް އެރަށުގައި ލޭއޮހޮރުވުން ހުއްދަވެގެންނުވެއެވެ. އަދި އެރަށުގައި ޤުދުރަތީ ގޮތުން ހެދޭ ގަސްތަކުން ބައިތައް ވަކިކޮށް ކެނޑުން ހުއްދަވެގެން ނުވެއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެރަށުގައި ހަނގުރާމަ ކުރެއްވިކަމަށްބުނެ މައްކާގައި ލޭއޮހޮރުވަން އުޅެފިނަމަ، އެމީހަކަށް ބުނާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެކަމަށް ހުއްދަދެއްވީ ﷲ ތަޢާލާއެވެ. ތިޔަބައިމީހުންނަށް އެކަމަކަށް ހުއްދައެއްނުދެއްވައެވެ. އަދި ތިމަން ކަލޭގެފާނަށްވެސް (އެބަހީ: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަމަށް އިޒުނަ ލިބުނީ ދުވަހުގެ ތެރެއިން ވަކި ވަޤުތުކޮޅަކަށެވެ. (އެއަށްފަހު) މިއަދު އެރަށުގެ ޙުރުމަތް، ކުރިން އޮތްގޮތަށް ރުޖޫޢަވެއްޖެއެވެ. މިތަނަށް ހާޒިރުވެތިބި އެންމެން މި ޚަބަރު ހާޒިރުނުވެ ތިބިމީހުންނަށް ފޯރުކޮށްދޭށެވެ.”
އިސްވެ މިދެންނެވުނު ޙުރުމަތް އެކުލެވިގެންވަނީ ތިރީގައިމިވާ ކަންތައްތަކުގެ މައްޗަށެވެ. އެއީ:
- މައްކާގައި ޝިކާރަކުރުމާއި، އެރަށުގައި އުޅޭ ދޫނިސޫފާސޫތްޕާއި، ޖަނަވާރުމެރުން
- އެރަށުގައި ޤުދުރަތީގޮތުން ހެދޭ ގަސްގަހާގެއްސާއި، ފަޅާ ވިނައާއި، އުފެދޭ ވެޔޮ ފަދަ އެއްޗެހި ބުރިކުރުން އަދި ކެނޑުން
- އެރަށުން ހޮވޭ އެއްޗެހި އޭގެ ވެރިފަރާތަށް ރައްދުކުރުމަށްޓަކައި މެނުވީ ހޮވުން
- ކޮންމެހެން އުފުލަންޖެހިގެން މެނުވީ އެރަށުގައި ހަތިޔާރު އުފުލުން
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
«لَا يَحِلُّ لِأَحَدِكُمْ أَنْ يَحْمِلَ بِمَكَّةَ السِّلَاحَ» [رواه مسلم (1356)]
”ތިޔަބައިމީހުންކުރެ އެކަކަށްވެސް މައްކާގައި ހަތިޔާރުއުފުލުން ހުއްދަވެގެން ނުވެއެވެ.”
- ކާފަރުން އެރަށަށް ވަނުން
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ فَلَا يَقْرَبُوا الْمَسْجِدَ الْحَرَامَ بَعْدَ عَامِهِمْ هَـٰذَا﴾ [سورة التوبة 28]
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މުޝްރިކުންނަކީ ނަޖިސްބަޔެއްކަން ކަށަވެރެވެ. ފަހެ، މިއަހަރަށްފަހު، ޙުރުމަތްތެރިވެގެންވާ މިސްކިތާއި އެއުރެން، ކައިރިވިޔަ ނުދޭ ހުށިކަމެވެ!
- ޙައްޤަކާއިނުލާ އެރަށުގައި ހަނގުރާމަ ކުރުމާއި ލޭއޮހޮރުވުން
= ނުނިމޭ =
_____________________
މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين والبيت العتيق ގެ ދިވެހި ތަރުޖަމާއެވެ.