ފަތުވާ: އެކި ޤައުމުތަކުގައި ޢަރަފާތް ދުވަސް ތަފާތުވެއްޖެނަމަ އެދުވަހުގެ ރޯދަ ހިފާނީ ކިހިނެތް؟
ޝައިޚް އިބްނު ޢުޘައިމީންއާ ސުވާލު ކުރެވުނެވެ. އެކި ޤައުމުތަކުގައި ހަނދުއެރުމުގައި ތަފާތުވުމުން ޢަރަފާތް ދުވަސް ތަފާތުވެއްޖެނަމަ އެދުވަހުގެ ރޯދަ ހިފާނީ ކިހިނެތް ހެއްޔެވެ؟ އަހަރެމެންގެ ޤައުމާއި އެއްގޮތަށް ހެއްޔެވެ؟ ނުވަތަ ދެޙަރަމަށް (އެބަހީ: މައްކާއާއި މަދީނާއަށް) ތަބާވާނީ ހެއްޔެވެ؟
އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 2
އަމާންތަނެއްކަމުގައި ލެއްވުން މާތް ﷲ ވަނީ މައްކާއަކީ އަމާންކަން ލިބިގެންވާ ރަށުގެ ގޮތުގައި ސިފަކޮށްފައެވެ. ސޫރަތުއް ތީން ފުރަތަމަ ތިން އާޔަތުގައި މާތް ﷲ ވަހީ ކުރައްވައިފައިވެއެވެ. ”ވައްތީންޏާއި ޒައިތޫނި ގަންދެއްވަމެވެ. އަދި ތޫރުސީނާ ގަންދެއްވަމެވެ. އަދި އަމާންކަން ލިބިގެންވާ މިރަށް ގަންދެއްވަމެވެ.” އަދިވެސް ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ. ”ހަމަކަށަވަރުން އަމާންކަންލިބިގެންވާ ހަރަމެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވިކަން ނޭނގެނީހެއެޔެވެ؟ އެއީ އެއުރެން ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށް އުޅުނުތަނެވެ. (މިކަން މިހެން އޮތުމާއެކުވެސް) އެއުރެން ބާތިލަށް އީމާންވެ […]