[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމާންކަން ލިބިފައިވާ ރަށާއި ޤަދީމީ ގެފުޅު 2

  1. އަމާންތަނެއްކަމުގައި ލެއްވުން

މާތް ﷲ ވަނީ މައްކާއަކީ އަމާންކަން ލިބިގެންވާ ރަށުގެ ގޮތުގައި ސިފަކޮށްފައެވެ.

ސޫރަތުއް ތީން ފުރަތަމަ ތިން އާޔަތުގައި މާތް ﷲ ވަހީ ކުރައްވައިފައިވެއެވެ.

”ވައްތީންޏާއި ޒައިތޫނި ގަންދެއްވަމެވެ. އަދި ތޫރުސީނާ ގަންދެއްވަމެވެ. އަދި އަމާންކަން ލިބިގެންވާ މިރަށް ގަންދެއްވަމެވެ.”

އަދިވެސް ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ.

”ހަމަކަށަވަރުން އަމާންކަންލިބިގެންވާ ހަރަމެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވިކަން ނޭނގެނީހެއެޔެވެ؟ އެއީ އެއުރެން ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށް އުޅުނުތަނެވެ. (މިކަން މިހެން އޮތުމާއެކުވެސް) އެއުރެން ބާތިލަށް އީމާންވެ ﷲ ގެ ނިޢުމަތަށް ކާފިރުވަނި ހެއްޔެވެ؟” އަލް ޢަންކަބޫތު 67

”އަމާންކަން ލިބިގެންވާ ހަރަމެއްކަމުގައި ތިމަން ރަސްކަލާނގެ އެއުރެންނަށްޓަކައި ނުލައްވަންހެއްޔެވެ؟ އެތަނަށް ތިމަންރަސްކަލާނގެ ހަޟްރަތުން ލިބެނިވި ރިޒުޤެއް ގޮތުގައި ހުރިހާ ބާވަތެއްގެ މޭވާ ގެނެވެއެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަ މީހުން އެކަމެއް ނުދަނެތެވެ.”އަލްޤަޞަސް57

”އިބްރާހިމްގެފާނު ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އަޅުގެ ވެރި ރަސްކަލާކޮ! މިރަށަކީ އަމާންވެގެންވާ ރަށެއްކަމުގައި ލައްވާނދޭވެ! އަދި އަޅާއާއި، އަޅުގެ ދަރިން ބުދަށް އަޅުކަންކުރުމުން ދުރުކުރައްވާނދޭވެ!” އިބްރާހިމް 35

މައްކާއަކީ އަމާންކަމުގެ ރަށްކަމުގައި ވީހިނދު އެރަށުގައި ދިރިއުޅޭއެންމެނަށް އަމާންކަން ހޯދައިދޭންޖެހެއެވެ. އެރަށުގެ މީހުން ބިރުގެންނެވުމާއި،

އެމީހުން ކަންބޮޑުވާފަދަ ކަންކަންކުރުން ހުއްދަވެގެންނުވެއެވެ. މީގެ މާނައަކީ އެރަށުގައި ޤިޞާޞް ހިފަންޖެހޭ މުޖުރިމުންގެ ކިބައިން ޤިޞާޞް ނުހިފޭނެ ވާހަކައެއް ނޫނެވެ. އަދި ޢަދާވާތްތެރިވެ ޙައްދުފަހަނައަޅައިދާ މީހުންނާ ހަނގުރާމާނުކުރެވޭނެ ވާހަކައެއްވެސް ނޫނެވެ.

އަދި ކިއެއްތަ. ޙަރަމްގެ ޙުދޫދުތެރޭގައިވިޔަސް ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ މީހުންނަށް އެ ޙުކުމްތައް ޤާއިމުކުރެވޭނެއެވެ.

އިބުނި ޚަޠަލް ގެފުޅުގެ އުރަކޮޅުގައި ހިފައިގެންއޮއްވާ ޤަތުލުކުރަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވީ މިހެންވެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

”އަދި ޙުރުމަތްތެރިވެގެންވާ މިސްކިތުގައި އެބައިމީހުން ތިޔަބައިމީހުންނާ ހަނގުރާމަ ކޮށްފުމަށްދާންދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ނުކުރާށެވެ.” (ބަޤަރާ 191)

= ނުނިމޭ =

އެހެނިހެން ބައިތައް

_____________________

މިއީ د. سليمان بن صالح الغصنލިޔުއްވާފައިވާ البلد الأمين  والبيت العتيق  ގެ ދިވެހި ތަރުޖަމާއެވެ.