[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: އެކި ޤައުމުތަކުގައި ޢަރަފާތް ދުވަސް ތަފާތުވެއްޖެނަމަ އެދުވަހުގެ ރޯދަ ހިފާނީ ކިހިނެތް؟

ޝައިޚް އިބްނު ޢުޘައިމީންއާ ސުވާލު ކުރެވުނެވެ.

އެކި ޤައުމުތަކުގައި ހަނދުޘާބިތުކުރުމުގައި ތަފާތުވުމުން ޢަރަފާތް ދުވަސް ތަފާތުވެއްޖެނަމަ އެދުވަހުގެ ރޯދަ ހިފާނީ ކިހިނެތް ހެއްޔެވެ؟ އަހަރެމެންގެ ޤައުމާއި އެއްގޮތަށް ހެއްޔެވެ؟ ނުވަތަ ދެޙަރަމަށް (އެބަހީ: މައްކާއާއި މަދީނާއަށް) ތަބާވާނީ ހެއްޔެވެ؟

ފަހެ، ޝައިޚު ޖަވާބު ދެއްވިއެވެ.

މިކަން ބިނާވަނީ ޢިލްމުވެރިންގެ މެދުގައިވާ އަންނަނިވި އިޚްތިލާފުގެ މައްޗަށެވެ. މުޅި ދުނިޔެއަށް ހަނދު ޘާބިތުކުރުމުގައި އެންމެ ޤައުމަކަށް ފެނުމުން ފުދޭނެ ހެއްޔެވެ؟ ނުވަތަ އެކި ހިސާބުތައް ހަނދު ޘާބިތުކުރުމުގައި ތަފާތުވެގެންވޭ ހެއްޔެވެ؟

އެންމެ ރަނގަޅު ގޮތަކީ އެކި ސަރަޙައްދުތައް މިކަމުގައި ތަފާތުވެގެންވުމެވެ. ފަހެ، މިޘާލަކަށް މައްކާއަށް ހަނދު ބެލުމުން މިއަދަކީ ނުވަވަނަ ދުވަހެވެ. އަދި އެހެން ޤައުމެއްގައި މައްކާއަށްވުރެ އެއްދުވަސްކުރިން ހަނދު ފެނުމުން އެތަނަށް އެއީ ދިހަވަނަ ދުވަހެވެ. ފަހެ، އެހެންކަމުން އެބައިމީހުންނަށް މިއަދު ރޯދަ ހިފުން ހުއްދަވެގެންނުވެއެވެ. އެހެނީ އެއީ އެބައިމީހުންނަށް ޢީދު ދުވަހެވެ. އަދި ހަމައެގޮތަށް އެބައިމީހުން ހަނދު ބެލުމުން މައްކާއަށް ވުރެ އެއްދުވަސް ލަސްވުމުން މައްކާއަށް ނުވަވަނަ ދުވަހަކީ އެބައިމީހުންނަށް އަށްވަނަ ދުވަހެވެ. ފަހެ، އެބައިމީހުން ރޯދަ ހިފާނީ އެބައިމީހުންނަށް ނުވަވަނަ ދުވަހެވެ. އެއީ މައްކާއަށް ދިހަވަނަ ދުވަހެވެ. މިއީ ރާޖިޙު ގޮތެވެ. އެއީ ނަބިއްޔާ صلى الله عليه وسلم  ޙަދީޘް ކުރައްވާފައިވާފަދައިންނެވެ.

((إِذَا رَأَيْتُمُوهُ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا))

މާނައީ: “އެ(އެބަހީ: ހަނދު)ފެނިއްޖެނަމަ ރޯދަހިފާށެވެ. އަދި އެ(އެބަހީ: ހަނދު)ފެނިއްޖެނަމަ ރޯދަދޫކޮށްލާށެވެ.”

އެބައިމީހުންގެ ޤައުމުގައި ހަނދު ނުފެނިއްޖެނަމަ އެބައިމީހުންނަށް އެ ނުފެނުނީއެވެ. (އެބަހީ: އެމަހުގެ 30 ދުވަސް ހަމަކުރާނީއެވެ.) ފަތިސްވުމާއި އިރު އޮއްސުމުގައި އެކި ޤައުމުތަކުގައި ތަފާތުވާކަމަށް މީސްތަކުން އިޖުމާޢުވެފައިވާފަދައިންނެވެ. ފަހެ، މަސްތައްވެސް ވަނީ ދުވަހުގެ ވަޤުތުތައް ފަދައިންނެވެ.

____________________________

[مجموع الفتاوى ٢٠]

މިފަތުވާގެ އަޞްލު ބެއްލެވުމަށް