އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 9
ސުންނަތުގައި ހިއްޕެވުން أبو نعيم ވިދާޅުވިއެވެ. “އިމާމު އަޙްމަދު ބުން ޙަންބަލް އަކީ އިމާމުކަމުގައި ތަނބެއްފަދަ ބޭފުޅެކެވެ. އެއީ ޙަދީޘްތަކަށް ތަބާވުމުގައި އެކަލޭގެފާނު ދެއްކެވި ނަމޫނާއާއި ހެޔޮމީހުންނާއެކު އެކަލޭގެފާނު މުލާޒަމާ ވީތީއެވެ. އެކަލޭގެފާނު ޙަދީޘްތަކަށް ޢަމަލުނުކޮށް ދޫކޮށްލާތަނެއް ނުފެންނާނެއެވެ. އަދި ޙަދީޘްތަކުގެ މައްޗަށް އެކަލޭގެފާނުގެ ބުއްދި މާފުރިހަމަ ކަމުގައި ނުދެކޭނެއެވެ. ޙަދީޘްތައް ހިތުދަސްކުރުމުގައި އެކަލޭގެފާނަކީ ކަނޑެއްފަދަ ބޭފުޅެކެވެ. އަދި އެކަލޭގެފާނަކީ ޙަދީޘްގެ ޢިލަލްގައާއި ތަޢުލީލު ކުރުމުގައި ފުންވެގެންވާ ކަނޑެކެވެ.”[1] عبد الملك الميموني ގެއަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު […]
އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 4
ޤަވާޢިދު: لَا يُحْتَجُّ عَلَى الـمُجْتَهِدِ بِمَذْهَبٍ مِثْلِهِ މި ޤަވާޢިދުގެ ތަރުޖަމާ: {މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށް އެ ބޭފުޅާގެ މަޒުހަބުފަދަ މަޒުހަބެއް ޙުއްޖަތެއްގެ ގޮތުގައި ނުނެގޭނެ} މި ޤަވާޢިދުގެ މުރާދު: އިޖުތިހާދުގެ ދަރަޖައަށް ފޯރާފައިވާ މުޖުތަހިދު ޢިލްމުވެރިޔާއަށް އެ ބޭފުޅާގެ ރައުޔުފަދަ ރައުޔެއް ހުށަހަޅައި، އެ ރައުޔަކީ އެ މުޖުތަހިދު ޢިލްމުވެރިޔާގެ ވެސް ރައުޔުކަމަށް ވާންޖެހޭނެކަމަކަށް ނުބުނެވޭނެއެވެ. އަދި އެ ރައުޔުގައި ހިފުމަށް އެ މުޖުތަހިދު ޢިލްމުވެރިޔާއަށް ލާޒިމެއް ނުކުރެވޭނެއެވެ. ސަބަބަކީ، އެ ބޭފުޅާ އެ […]