ޖަރްޙާއި ތަޢްދީލު (3)
އަދި الشَّافِعِي ވިދާޅުވެފައި ވެއެވެ. ((كان ابن سيرين، وإبراهيم النخعي، وغير واحد من التابعين يذهبون إلى أن لا يقبلوا الحديث إلا عمن عرف وحفظ، وما رأيت أحدا من أهل العلم بالحديث يخالف هذا المذهب، وكان طاوس إذا حدثه رجل حديثا قال: إن كان حدثك حافظ ملي، وإلا فلا تحدث عنه))[1] {މާނައީ: [ޙަދީޘް ރިވާކުރި ރާވީއަކީ ކާކުކަމާއި އޭނާގެ […]
ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 2
ޤަވާޢިދު: الأَصْلُ عَدَمُ النَّسْخِ މި ޤަވާޢިދުގެ ތަރުޖަމާ: {އަޞްލަކީ ނަސްޚު ނުވުން} މި ޤަވާޢިދުގެ މުރާދު: ޙަޤީޤަތުގައި ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ޝަރުޢުކުރެއްވި ޙުކުމްތަކަކީ އެއަށް ޢަމަލުކުރުމަށް ޝަރުޢުކުރެއްވި ޙުކުމްތަކެކެވެ. އެހެންކަމުން، އެފަދަ ޙުކުމްތަކުގެ ތެރެއިން ޔަޤީންކަމާ އެކު ސާބިތުވެފައިވާ ޙުކުމެއް ނަސްޚުވެފައިވާކަމުގެ އިޙްތިމާލު އޮތްކަމުގެ ދަޢުވާކޮށް، އެއަށް ޢަމަލުކުރުން ދޫކޮށެއް ނުލެވޭނެއެވެ. އެހެނީ، ޝައްކާއި އިޙްތިމާލުން ޔަޤީންކަން ފިލުވައެއް ނުލެވޭނެއެވެ. ޔަޤީންކަމާ އެކު ސާބިތުވެފައިވާ ކަމެއް ޔަޤީންކަމާ އެކު ނޫނީ ފިލުވައެއް ނުލެވޭނެއެވެ. […]
އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 14
ޤަވާޢިދު: لَا يُعْمَلُ بِالقَولِ الـمُخَرَّجِ حَيْثُ أَمْكَنَ الفَرْقُ މި ޤަވާޢިދުގެ ތަރުޖަމާ: {ތަފާތުވުމުގެ ފުރުޞަތުއޮތުމުން، ތަޚްރީޖުކުރެވިފައިވާ ބަސްފުޅަށް ޢަމަލެއް ނުކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ވަކި މައްސަލައަކާ ގުޅޭގޮތުން މުޖުތަހިދު ޢިލްމުވެރިޔެއްގެ ބަސްފުޅެއް ލިބެންނެތިފައި، އެ މައްސަލައާ އެއްގޮތްކަމެއްހުރި އެހެން މައްސަލައެއްގައި އެ ބޭފުޅާގެ ބަސްފުޅެއް ލިބެންއޮތުމަކުން، މައްސަލައިގެ އެއްގޮތްކަމަށް ބަލައި މުޖުތަހިދު އެ ޢިލްމުވެރިޔާ އެއްގޮތް އަނެއް މައްސަލައިގައި ފަތުވާދެއްވި ރައުޔަށް މުޖުތަހިދަކަށްނުވާ މުފްތީއަކު ފަތުވާދިނުން، އަދި އެއްގޮތް އަނެއް މައްސަލާގައި އެވާ […]