[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 2

ޤަވާޢިދު: الأَصْلُ عَدَمُ النَّسْخِ

މި ޤަވާޢިދުގެ ތަރުޖަމާ: {އަޞްލަކީ ނަސްޚު ނުވުން}

މި ޤަވާޢިދުގެ މުރާދު: ޙަޤީޤަތުގައި ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ޝަރުޢުކުރެއްވި ޙުކުމްތަކަކީ އެއަށް ޢަމަލުކުރުމަށް ޝަރުޢުކުރެއްވި ޙުކުމްތަކެކެވެ. އެހެންކަމުން، އެފަދަ ޙުކުމްތަކުގެ ތެރެއިން ޔަޤީންކަމާ އެކު ސާބިތުވެފައިވާ ޙުކުމެއް ނަސްޚުވެފައިވާކަމުގެ އިޙްތިމާލު އޮތްކަމުގެ ދަޢުވާކޮށް، އެއަށް ޢަމަލުކުރުން ދޫކޮށެއް ނުލެވޭނެއެވެ. އެހެނީ، ޝައްކާއި އިޙްތިމާލުން ޔަޤީންކަން ފިލުވައެއް ނުލެވޭނެއެވެ. ޔަޤީންކަމާ އެކު ސާބިތުވެފައިވާ ކަމެއް ޔަޤީންކަމާ އެކު ނޫނީ ފިލުވައެއް ނުލެވޭނެއެވެ. މި ސަބަބަށްޓަކައި، މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، އަޞްލު ޙަޤީޤީ ގޮތަކީ، ނަސްޚު ނުވުން ކަމުގައެވެ. މި ކަމާ މެދު ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުމެއް ނެތެވެ.

މިސާލަކަށް، ދެ ދަލީލެއްގެ މެދުގައި ފުށުއެރުމެއްވާތީ ފެނިއްޖެނަމަ، އަދި އެ ތަނުން އެއް ދަލީލުން އަނެއް ދަލީލު ނަސްޚުވެގެންވާކަމަށް ދަޢުވާކުރެވިއްޖެނަމަ، އެ ދެ ދަލީލު ޖަމާކޮށްގެން އެ ދެ ދަލީލުގެ މެދުގައިވާ ފުށުއެރުން ނައްތައިނުލެވިއްޖެ ހާލަތެއްގައި މެނުވީ، ނަސްޚުވެފައިވާކަމުގެ ދަޢުވާގެ އަޑެއް ނޭހޭނެތެވެ. އެހެނީ، އަޞްލަކީ ނަސްޚު ނުވުން ކަމުގައި ވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =