[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 14

ޤަވާޢިދު: لَا يُعْمَلُ بِالقَولِ الـمُخَرَّجِ حَيْثُ أَمْكَنَ الفَرْقُ

މި ޤަވާޢިދުގެ ތަރުޖަމާ: {ތަފާތުވުމުގެ ފުރުޞަތުއޮތުމުން، ތަޚްރީޖުކުރެވިފައިވާ ބަސްފުޅަށް ޢަމަލެއް ނުކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: ވަކި މައްސަލައަކާ ގުޅޭގޮތުން މުޖުތަހިދު ޢިލްމުވެރިޔެއްގެ ބަސްފުޅެއް ލިބެންނެތިފައި، އެ މައްސަލައާ އެއްގޮތްކަމެއްހުރި އެހެން މައްސަލައެއްގައި އެ ބޭފުޅާގެ ބަސްފުޅެއް ލިބެންއޮތުމަކުން، މައްސަލައިގެ އެއްގޮތްކަމަށް ބަލައި މުޖުތަހިދު އެ ޢިލްމުވެރިޔާ އެއްގޮތް އަނެއް މައްސަލައިގައި ފަތުވާދެއްވި ރައުޔަށް މުޖުތަހިދަކަށްނުވާ މުފްތީއަކު ފަތުވާދިނުން، އަދި އެއްގޮތް އަނެއް މައްސަލާގައި އެވާ ރައުޔަކީ އަނެއް މައްސަލައިގެ ވެސް ރައުޔުކަމަށް ބެލުން، އަދި ނެރުނު ރައުޔު އެ މުޖުތަހިދަށް ނިސްބަތްކުރުން ހުއްދަވެގެން ނުވެއެވެ. އެއީ، އެ ދެ މައްސަލައިގެ މެދުގައި ތަފާތެއް އޮތުން އެކަށީގެންވާތީއެވެ.

މި ތަނުގައި القَولُ الـمُخَرَّجُ ނުވަތަ ތަޚްރީޖުކުރެވިފައިވާ ބަސްފުޅުގެ މުރާދަކީ، އެހެން މައްސަލައެއްގައި މުޖުތަހިދު ޢިލްމުވެރިޔާ ވިދާޅުވެފައިވާ ބަސްފުޅަކުން އިސްތިންބާޠުކޮށް ނެރެފައިވާ ބަސްފުޅެވެ.

މި ޤަވާޢިދުގައި ވާހަކަ މިދެކެވެނީ، މުޖުތަހިދު އިމާމު ރައުޔު ބަޔާންކުރައްވާފައިވާ މައްސަލައިގެ ޢިއްލަތު ބަޔާންކުރައްވާފައި ނުވާ ހާލަތާއި ގުޅޭގޮތުންނެވެ. މިއާ ޚިލާފަށް، ވަކި ބަސްފުޅެއްގައި ޢިއްލަތު ބަޔާންކުރައްވާފައިވާނަމަ، އަދި އެ މައްސަލައާ ޢިއްލަތުގެ ގޮތުން އެއްގޮތް އެހެންނަމަވެސް އެ މުޖުތަހިދު އިމާމު ވަކި ރައުޔެއް ފާޅުކުރައްވާފައިނުވާ މައްސަލައެއް ފެނިއްޖެނަމަ، ރައުޔު ފާޅުކުރައްވާފައިނުވާ މައްސަލައިގައި ވެސް އެ ބޭފުޅާގެ މަޒުހަބަކީ ނުވަތަ ރައުޔަކީ ހަމަ އަނެއް މައްސަލައިގެ ވެސް ރައުޔުކަމަށް ކަނޑައެޅިދާނެއެވެ. ސަބަބަކީ، ޙުކުމް ބިނާވަނީ ޢިއްލަތަށް ކަމުގައި ވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް