ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 8
ޤަވާޢިދު: الـمُتَأَخَّرُ مِنَ النَّصَّيْنِ نَاسِخٌ لِلمُتَقَدَّمِ މި ޤަވާޢިދުގެ ތަރުޖަމާ: {ދެ ނައްޞުގެ ތެރެއިން ފަހުގެ ނައްޞަކީ ކުރީގެ ނައްޞު ނަސްޚުކުރާ އެއްޗެއް} މި ޤަވާޢިދުގެ މުރާދު: ނަސްޚުކުރާ ދަލީލަކީ ނަސްޚުކުރެވޭ ދަލީލަށްވުރެ ޒަމާނުގެ ގޮތުން ފަހުގެ ދަލީލެއް ކަމުގައި ކޮންމެހެންވެސް ވާންޖެހޭނެއެވެ. އެހެނީ، ކުރިން އައިސްފައިވާ ދަލީލަކުން ފަހުގެ ދަލީލެއް ނަސްޚެއް ނުކުރެވޭނެއެވެ. ޤަވާޢިދު: النَّسْخُ لَا يَثْبُتُ إِلَّا بِدَلِيْلٍ މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލަކުން މެނުވީ ނަސްޚުވުން ސާބިތެއް ނުވާނެ} މި […]
ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 7
ޤަވާޢިދު: النَّسْخُ يُعْرَفُ بِتَنْصِيْصِ الشَّارِعِ عَلَيْهِ وَبِالتَّارِيْخِ މި ޤަވާޢިދުގެ ތަރުޖަމާ: {ނަސްޚުވެފައިވާކަން އެނގެނީ ޝަރުޢުކުރައްވާ ފަރާތުން އެކަން ނައްޞުކުރެއްވުމުން ނުވަތަ ތާރީޚުން} މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދުގައި ވާހަކަ މިދެކެވެނީ ނާސިޚު (ނަސްޚުކުރާ ދަލީލު) އާއި މަންސޫޚު (ނަސްޚުވެގެންދާ ދަލީލު) ދެނެގަނެވޭ ގޮތްތަކާ ގުޅޭ ގޮތުންނެވެ. ދަންނައެވެ! އުޞޫލީ ޢިލްމުވެރިން ނަސްޚުވެފައިވާކަމަށް ދަޢުވާކުރެވިފައިވާ ޝަރުޢީ ނައްޞުތައް ދިރާސާކޮށް، ނާސިޚުއާއި މަންސޫޚު ދެނެގަނެވިދާނޭ މަގުތަކަކާއި މިންގަނޑުތަކެއް ބަޔާންކޮށްދެއްވާފައިވެއެވެ. އެ ހުރިހާ މަގުތަކަކާއި މިންގަނޑުތަކެއް ވެސް […]