ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 3

3ވަނަ ޤަވާޢިދު (ޖުމްލަ 60): الـمُتَّفَقُ عَلَيْهِ أَرْجَحُ مِنَ الـمُخْتَلَفِ فِيْهِ މި ޤަވާޢިދުގެ ތަރުޖަމާ: {އިއްތިފާޤުވެވިފައިވާ އެތި އިޚްތިލާފުއުފެދިފައިވާ އެއްޗަށްވުރެ ރާޖިޙުކަން ބޮޑު} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ދަލީލުތަކުގެ ތެރެއިން އެ ދަލީލުތަކާމެދު އިއްތިފާޤުވެވިފައިވާ ދަލީލުތައް، އެ ދަލީލުތަކާމެދު އިޚްތިލާފުއުފެދިފައިވާ ދަލީލުތަކުގެ މައްޗަށް އިސްކުރެވޭނެއެވެ. އެއީ، ދަލީލުތައް ތަރުތީބުކުރާއިރު ކަމުގައި ވިޔަސް، ނުވަތަ އެ ދަލީލުތައް ތަޢާރުޟުވުމުން ތަރުޖީޙުދޭއިރު ކަމުގައި ވިޔަސްމެއެވެ. އަބަދުވެސް އިސްކުރެވޭހުށީ އިޖުމާޢުވާ އަދި އިއްތިފާޤުވާ ދަލީލުތަކެވެ. ސަބަބަކީ، އެއްޗަކާމެދު […]
ޖިންނީން (25)

ފަހެ، ޝިރުކުކުރާ މަގުފުރެދިފައިވާމީހާ ހީކުރަނީ އޭނާއަށް އެއިޖާބަދިނީ ޙަޤީޤަތުގައި ވެސް އޭނާ އެމީހަކަށް އެގޮވާލި މީހާކަމަށެވެ. އެހެނެއްކަމަކު އޭނާއަށް އިޖާބަ އެދިނީ ޝައިޠާނާއެވެ.