[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (25)

ބޮޑު ކަމަކަށް އެދި މީހަކަށް ގޮވާލުމުން ޝައިޠާނުން އެގޮވާލެވޭ މީހާގެ ޞޫރައިގައި އިޖާބަދެއެވެ. ގިނަ ފަހަރަށް އެގޮވާލެވޭމީހަކީ މަރުވެފައިވާ މީހެކެވެ. އަދި ހަމައެފަދައިން އެމީހަކީ ދިރިހުރި މީހެއްކަމުގައި ވިޔަސް އެމީހަކަށް އެކަމުގެ އިޝާރާތެއް ނުވެ، ޝައިޠާނާ އޭނާގެ ސިފައިގައި އިޖަބަދެއެވެ. ފަހެ، ޝިރުކުކުރާ މަގުފުރެދިފައިވާމީހާ ހީކުރަނީ އޭނާއަށް އެއިޖާބަދިނީ ޙަޤީޤަތުގައި ވެސް އޭނާ އެމީހަކަށް އެގޮވާލި މީހާކަމަށެވެ. އެހެނެއްކަމަކު އޭނާއަށް އިޖާބަ އެދިނީ ޝައިޠާނާއެވެ. ކާފިރުން ކަންކަމުގައި އެދި އެމީހުން މާތްކުރާ މީހުންގެ ތެރެއިން މަރުވެފައިވާ މީހުންނާއި ދިރިތިބި މީހުންނަށް ގޮވާލުމުން މިފަދައިން ކަންތައްވެފައި ވެއެވެ. އެއީ ނަޞާރާއިން ޖޯޖް އާއި އަދި އެނޫންވެސް މީހުންގެ ކިބައިން އެމީހުންގެ އަޅުކަމުގެ މަޖުލިސްތަކުގައި ކަންކަމަށް އެދިގޮވާލާހިނދެވެ. އަދި މުސްލިމުންގެ ތެރެއިންވެސް މަގުފުރެދިފައިވާ ޝިރުކުގެ އަހުލުވެރިން ކަންކަމުގައި އެދި މަރުވެފައިވާ މީހުންނާއި ދިރިތިބީންގެ ތެރެއިން އެތަނުގައި ނެތް މީހުންނަށް ކަންކަމުގައި އެދި ގޮވާލާ ހިނދު ޝައިޠާނާ އެ ގޮވާލެވޭ މީހާގެ ސޫރައިގައި އެގޮވާލެވުނު މީހާއަށް އެކަމުގެ އިޝާރާތެއްވެސް ނުވާހާލު އިޖާބަދެއެވެ.

މިފަދަ ކަންތައްތަކުގެ ވާހަކަ ތިމަންކަލޭގެފާނަށް އެތައް ފަހަރަކު އިވިފައިވެއެވެ. އެފަދައިން މީސްތަކުން ކަންކަމުގައި އެދި ގޮވާލި އެތައް މީހަކު ތިމަންކަލޭގެފާނުގެ ގާތުގައި ބުނެފައިވެއެވެ. “އެމީހުން ތިމަންގެ ކިބައިން ކަމަކަށް އެދުނުކަމެއް ނޭނގެއެވެ.” އެހެނެއްކަމަކު އެއެދުނު މީހާއަށް އޭނާ އެގޮވާލިމީހާ ފެނިފައިވެއެވެ. އެހެންކަމުން އޭނާއަށް އިޖާބައެދިނީ އޭނާ އެމީހަކަށް އެގޮވާލި ފަރާތްކަމަށް އޭނާއަށް ޔަޤީންވެފައިވެއެވެ. އަދި ތިމަންކަލޭގެފާނުގެ ގާތުގައި އެކަކަށްވުރެ ގިނަ މީހުން، އެމީހުންގެ ކަންކަމުގައި އެދި ތިމަންކަލޭގެފާނަށް ގޮވާލި ވާހަކަ ކިޔައިދީފައިވެއެވެ. ކޮންމެ މީހަކުވެސް ކިޔައިދީފައިވަނީ ތަފާތު ވާހަކައެކެވެ. ފަހެ، އެއިން ކޮންމެ މީހަކަށްވެސް ތިމަންކަލޭގެފާނު އެމީހުންގެ ތެރެއިން އެކަކަށްވެސް އިޖާބަ ނުދޭކަމަށް ބުނީމެވެ. އަދި އެމީހުން ތިމަންކަލޭގެފާނުގެ ކިބައިން އެފަދައިން ކަމަކަށް އެދުނުކަން އެނގިފައި ނުވާކަމަށްވެސް ބުނީމެވެ. ފަހެ، އެމީހުން ބުންޏެވެ. “އެއީ އެހެންކަމަށްވާނަމަ މަލާއިކަތެކެވެ.” ފަހެ، ޖަވާބުގައި ބުނީމެވެ. ” ޝިރުކު ކުރާމީހަކަށް މަލާއިކަތެއް އެހީތެރިވެ ވަޑައިނުގަންނަވާނެއެވެ. ހަމަކަށަވަރުން އެއީ ތިބާ މަގުފުރެއްދުމަށް އެދިގެން އައި ޝައިޠާނެކެވެ.”

 

 

=ނުނިމޭ=

 

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް