ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 20
20ވަނަ ޤަވާޢިދު (ޖުމްލަ 60): التَّرْجِيْحُ إِنَّمَا يَجْرِي بَيْنَ ظَنَّيْنِ މި ޤަވާޢިދުގެ ތަރުޖަމާ: {ތަރުޖީޙުދިނުން އޮންނަނީ ދެ ޡައްނުގެ މެދުގައި} މި ޤަވާޢިދުގެ މުރާދު: ތަޢާރުޟުވުން ތަޞައްވުރުކުރެވޭ ދަލީލުތަކަކީ އެ ދަލީލުތަކެއްގެ މެދުގައި ތަރުޖީޙުދިނުން އެކަށީގެންވާ ދަލީލުތަކެކެވެ. ތަޢާރުޟުވުން ތަޞައްވުރުކުރެވެނީ (އެބަހީ، ތަޢާރުޟުވެދާނެކަމަށް ޙަޤީޤަތުގައި ބެލެވެނީ) ހަމައެކަނި ޡައްނީ ދަލީލުތަކުގައި ކަމަށްވުމުން، ތަރުޖީޙުދިނުން އޮންނާނީ ވެސް ދަލީލުތަކުގެ ތެރެއިން ހަމައެކަނި ޡައްނީ ދަލީލުތަކުގެ މެދުގައެވެ. ޡައްނީ ދަލީލުތަކުގެ ތެރޭގައި، ދަލީލުކޮށްދޭ ގޮތަށް އެކަނި ބިނާކޮށް […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 19
19ވަނަ ޤަވާޢިދު (ޖުމްލަ 60): إِعْمَالُ الدَّلِيْلَيْنِ وَلَوْ مِنْ وَجْهٍ أَوْلَى مِنْ إِلْغَاءِ أَحَدِهِمَا މި ޤަވާޢިދުގެ ތަރުޖަމާ: {ދެ ދަލީލުގެ ތެރެއިން އެއް ދަލީލު ދޫކޮށްލުމަށްވުރެ، ދެ ދަލީލަށް ކޮންމެވެސް ގޮތަކުން ޢަމަލުކުރުން އައުލާވެގެންވޭ} މި ޤަވާޢިދުގެ މުރާދު: ދެ ދަލީލެއް ތަޢާރުޟުވާތީ ފެނިއްޖެނަމަ، މުޖުތަހިދު ޢިލްމުވެރިޔާއަށް އެންމެ ފުރަތަމަ ވެސް ވާޖިބުވެގެންވަނީ، އެ ދެ ދަލީލު ޖަމްޢުކޮށް (މާނަ އެއްގޮތްކޮށް، ފުށުއެރުން ފިލުވައިލައިގެން) އޭގައި އެވާ ތަޢާރުޟުވުން ފިލުވައިލުމެވެ. އަދި އެ […]