ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 29
29ވަނަ ޤަވާޢިދު (ޖުމްލަ 60): خَبَرُ صَاحِبِ الوَاقِعَةِ أَوْ الـمُبَاشِرِ لَهَا مُقَدَّمٌ عَلَى خَبَرِ غَيْرِهِ މި ޤަވާޢިދުގެ ތަރުޖަމާ: {ހާދިސާގައި އުޅޭ ފަރާތުގެ ނުވަތަ އެ ހާދިސާއާ ގުޅުންހުރި ފަރާތުގެ ޚަބަރު އެހެން ފަރާތްތަކުގެ ޚަބަރުގެ މައްޗަށް އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ބޭރުފުށުން ތަޢާރުޟުވެފައިވާއިރު، އެ ދެ ޚަބަރު ވެސް ސަނަދުގެ ޞައްޙަކަމުގެ ގޮތުން އެއްވަރުވެފައި، އެ ތަނުން އެއް ޚަބަރު ރިވާކޮށްފައިވަނީ އެ ޚަބަރުގައިވާ ހާދިސާގައި އުޅުނު […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 28
28ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الـمُقْتَرِنُ بِذِكْرِ السَّبَبِ مُرَجَّحٌ عَلَى غَيْرِهِ މި ޤަވާޢިދުގެ ތަރުޖަމާ: {ސަބަބު ބަޔާންކުރެވިފައިނުވާ ޚަބަރުތަކުގެ މައްޗަށް ސަބަބު ބަޔާންކުރެވިފައިވާ ޚަބަރަށް ތަރުޖީޙުދެވޭނެ} މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، އެ ތަނުން އެއް ޚަބަރު ރިވާވެފައިވަނީ އެ ޚަބަރު ވާރިދުވީ ސަބަބާއި ވެސް އެކުގައި ކަމަށްވެފައި، އަނެއް ޚަބަރު ރިވާވެފައިވަނީ އެ ޚަބަރު ވާރިދުވީ ސަބަބު ނެތި ކަމުގައިވާނަމަ، ސަބަބު ބަޔާންވެފައިވާ ޚަބަރު އިސްކުރެވޭނެއެވެ. މިއީ، އުޞޫލީ […]