ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 47
47ވަނަ ޤަވާޢިދު (ޖުމްލަ 60): الـنَّقْلُ أَوْلَى مِنَ الاِشْتِرَاكِ މި ޤަވާޢިދުގެ ތަރުޖަމާ: {އިޝްތިރާކްކުރުމަށްވުރެ ނަޤްލުކުރުން އައުލާކަން ބޮޑު} މި ޤަވާޢިދުގެ މުރާދު: ލަފްޒެއް އެއީ މުޝްތަރަކުކޮށް ވާރިދުވެފައިވާ ލަފްޒެއްތޯ ނުވަތަ ޝަރުޢީ މާނައަށް ނަޤްލުކުރެވިފައިވާ ލަފްޒެއްތޯ ކަނޑައެޅުމުގައި އިޙްތިމާލު އުފެދިއްޖެނަމަ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި އެ ލަފްޒަކީ ނަޤްލުކުރެވިފައިވާ ލަފްޒެއްކަމުގައި ކަނޑައެޅުން އައުލާކަން ބޮޑެވެ. މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި ތަޢާރުޟުވާހިނދު ނަޤްލުގެ މައްޗަށް އިސްކުރެވޭހުށީ އިޝްތިރާކްއެވެ. […]
އަމަން އަމާންކަން ބޭނުންނަމަ
އިސްލާމްދީނަކީ ޢަދުލު އިންސާފުގެ ދީނެވެ. އަދި އިސްލާމީ ޝަރީޢަތަކީ މިއުންމަތަށްވާ ރަޙްމަތެކެވެ. ހިތްހަމަޖެހުމާއި އަމާންކަން މިޝަރީޢަތުގެ ސަބަބުން މީސްތަކުންނަށް ފޯރުކޮށްދެއެވެ. މިޝަރީޢަތުގެ ފުރިހަމަކަން ދޭހަކޮށްދޭ ކަމަކީ ހެޔޮ ޢަމަލު ކުރާ މީހުންނަށް ހެޔޮ ދަރުމަ ދެއްވުމާއި ފާފަކުރާ އަޅުތަކުންނަށް ތައުބާގެ ދޮރު ހުޅުވިފައިވުމެވެ. އަދި އެހެންމީހުންގެ ޙައްޤުތަކަށް އަރާ މީހުންނަށް އޭގެ ބަދަލު ލިބުމުގެ އިތުރަށް ޙައްޤު އަދަބު ކަނޑައެޅިފައިވުމަކީވެސް މިޝަރީޢަތުގެ ރިވެތިކަން ދޭހަވާކަންތައްތަކެވެ. ކޮންމެ ޝަރީޢަތެއްގައިވެސް ކުށްކުރާ މީހުންނަށް އެމީހުން ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި […]