[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަމަން އަމާންކަން ބޭނުންނަމަ

އިސްލާމްދީނަކީ ޢަދުލު އިންސާފުގެ ދީނެވެ. އަދި އިސްލާމީ ޝަރީޢަތަކީ މިއުންމަތަށްވާ ރަޙްމަތެކެވެ. ހިތްހަމަޖެހުމާއި އަމާންކަން މިޝަރީޢަތުގެ ސަބަބުން މީސްތަކުންނަށް ފޯރުކޮށްދެއެވެ. މިޝަރީޢަތުގެ ފުރިހަމަކަން ދޭހަކޮށްދޭ ކަމަކީ ހެޔޮ ޢަމަލު ކުރާ މީހުންނަށް ހެޔޮ ދަރުމަ ދެއްވުމާއި ފާފަކުރާ އަޅުތަކުންނަށް ތައުބާގެ ދޮރު ހުޅުވިފައިވުމެވެ. އަދި  އެހެންމީހުންގެ ޙައްޤުތަކަށް އަރާ މީހުންނަށް އޭގެ ބަދަލު ލިބުމުގެ އިތުރަށް ޙައްޤު އަދަބު ކަނޑައެޅިފައިވުމަކީވެސް މިޝަރީޢަތުގެ ރިވެތިކަން ދޭހަވާކަންތައްތަކެވެ.

 ކޮންމެ ޝަރީޢަތެއްގައިވެސް ކުށްކުރާ މީހުންނަށް އެމީހުން ކުރާ ކުށުގެ ކުޑަބޮޑުމިނަށް ބަލައި އެކަށީގެންވާ އަދަބެއް ކަނޑައަޅެފައިވާ ފަދައިން އިސްލާމީ ޝަރީޢަތުގައި ޙައްދުގެ މަޤާމަކީވެސް ފާފަކުރާ މީހުންނަށް  އެކަށީގެންވާ އަަދަބު ދިނުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ޙައްދު ލައްވާފައިވަނީ ކާއިނާތުގެ ވެރި ރައްބެވެ. އެއިލާހު ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ۖ الْحُرُّ بِالْحُرِّ وَالْعَبْدُ بِالْعَبْدِ وَالْأُنثَىٰ بِالْأُنثَىٰ ۚ..﴿١٧٨﴾

މާނައީ:   “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ.

ޙައްދު ޤާއިމުކުރުމުގެ ސަބަބުން އިސްލާމީ މުޖުތަމަޢު ރައްކާތެރިކޮށްދެއެވެ. ވައްކަންކުރާމީހާގެ އަތްކެނޑުމާއި ޒިނޭކުރާމީހާ ގައިގައި ސަތޭކަ އެތިފަހަރު ޖެހުމާއި، ރަޖަމުކުރުން ފަދަ ޙައްދުތަކަކީ މުޖުތަމަަޢުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތްކަމާމެދު ޝައްކެތްނެތެވެ. މިކަމުގެ ސަބަބުން ދެވަނަ ފަހަރަށް އެކުށަށް އަރާމީހުން މަދުވެ އެހެން މީހުންނަށް ޢިބްރަތަކަށް މިކަން ވެދެއެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި މަރަށް މަރު ހިފުމަކީ ކުރީއްސުރެ ކުރަމުންދާކަމެކެވެ. އެހެނީ ކުށްވެރިން މެރުމުގެ ސަބަބުން އެޤައުމުގެ އަފުރާދުންނަށް އަމާންކަންލިބެއެވެ.

  ޙައްދު ޤާއިމުކުރުމަކީ ފާފަވެރިޔާއަށްވާ ކައްފާރާއެކެވެ. އަދި އެފާފަތައް ކުރާ އެހެން މީހުންނަށް އިބްރަތަކަށް ވެދެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ وَلَكُمْ فِي الْقِصَاصِ حَيَاةٌ يَا أُولِي الْأَلْبَابِ لَعَلَّكُمْ تَتَّقُونَ ١٧٩

މާނައީ: “އަދި قصاص ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު) ދިރުމެއްވެއެވެ. އޭ ބުއްދީގެ އަހުލުވެރިންނެވެ! އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ”

އަޅަމެންނަކީ ﷲ ތަޢާލާގެ ދީނަށް ނަސްރުދީ އެދީނުގެ ޙުކުމްތަކަށް ކިޔަމަންވާ ބައެއް ކަމުގައިލައްވާނދޭވެ! އަދި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ޢަމަލުކުރާ ބައެއްކަމުގައި ލައްވާނދޭވެ