[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 50

50ވަނަ ޤަވާޢިދު (ޖުމްލަ 60): الصَّرِيْحُ مُقَدَّمٌ عَلَى الدَّلَالَةِ މި ޤަވާޢިދުގެ ތަރުޖަމާ: {ދަލާލަތުގެ މައްޗަށް ޞަރީޙު އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ޞަރީޙުއާއި ދަލާލަތު އެއްވެއްޖެނަމަ، ބަރޯސާވެވޭނީ ޞަރީޙުއަށެވެ. އެ ހާލަތުގައި ދަލާލަތުއަށް ބަރޯސާވުމެއް ނުވެއެވެ. އެގޮތުން، ކަމެއް ކުރުމަށް دَلَالَـةُ الـحَـالِ އިން ހުއްދަދެވިފައި، އެ ކަންތައް ކުރުން ޞަރީޙަކޮށް މަނާކުރެވިއްޖެނަމަ، ދަލާލަތުން ދެވިފައި އެވާ ހުއްދައަށް ބަރޯސާވުމެއް ނުވެއެވެ. އެގޮތުން، އެއް ޒަމާނެއްގެ ކަމަކާ ގުޅޭގޮތުން ދަލާލަތުއާއި ޞަރީޙު އޮތްނަމަ، ޞަރީޙުގެ […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 49

49ވަނަ ޤަވާޢިދު (ޖުމްލަ 60): الإِضْمَارُ مُسَاوٍ لِلـمَجَازِ މި ޤަވާޢިދުގެ ތަރުޖަމާ: {އިޟްމާރުކުރުން މަޖާޒްކަމަށް ކަނޑައެޅުމާ ހަމަހަމަވެގެންވޭ} މި ޤަވާޢިދުގެ މުރާދު: މާނަ ވިސްނައިގަތުމުގައި ތަޢާރުޟުވުމެއް އުފެދި، ވަކި ގޮތަކަށް ލަފްޒުން ކަނޑައެޅިފައި ނެތި، އޭގެ މާނައަކީ މަޖާޒީ މާނަތޯ ނުވަތަ އިޟްމާރުކުރެވޭ މާނަތޯ ކަނޑައެޅުމުގައި ދެކޮޅަށްކިރޭނަމަ، އެއާމެދު ވަކި ގޮތަކަށް ކަނޑައެޅުމެއްނެތި ހުއްޓިހުންނާނީއެވެ. އެހެނީ، އެހިނދު އެއީ މުޖުމަލުކޮށް އޮތް ވާހަކައެއްކަމުން، ލަފްޒުގެ މުރާދު ބަޔާންކޮށްދޭ ދަލީލެއް ނުވަތަ ޤަރީނާއެއް ނެތި އެއާމެދު ވަކި […]

ދުނިޔެއަކީ ވަށް އެއްޗަކަށްވީއިރު ސީދާ ޤިބުލައަށް ކުރިމަތިލާނީ ކިހިނެތް؟ 2

އެގޮތުން ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންނަށް ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމުގައި ޤިބުލައަށް ކުރިމަތިލުން ނަހީ ކުރެއްވިހިނދު، ޤިބުލައަށް ފުރަގަސްދިނުންވެސް ވަނީ ނަހީކުރައްވާފައެވެ. ދުނިޔެއަކީ ވަށް އެއްޗަކަށްވާއިރު “ފުރަގަސްދިނުން”ވެސް ވާނީ ހަމަ ޤިބުލައަށް ކުރިމަތިލުމަށެވެ.