ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 53
53ވަނަ ޤަވާޢިދު (ޖުމްލަ 60): الخَاصُّ مُقَدَّمٌ عَلَى العَامِّ މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ މައްޗަށް ޚާއްޞު އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ދެ ލަފްޒެއް ނުވަތަ ދަލީލެއް ފުށުއެރިއިރު، އެ ތަނުން އެކަތި ޚާއްޞަކޮށް އޮވެފައި، އަނެއް އެތި ޢާއްމުކޮށް އޮތްނަމަ، މުޠުލަޤުކޮށް ޢާއްމުގެ މައްޗަށް ޚާއްޞު އިސްކުރެވޭނެއެވެ. އެ ޚާއްޞުއަކީ އެ ޢާއްމުއަށްވުރެ އިސްވެފައިވާ (އެބަހީ، ކުރިން އައިސްފައިވާ) އެއްޗެއް ކަމުގައި ވިޔަސް ނުވަތަ ފަސްވެފައިވާ (އެބަހީ، ފަހުން އައިސްފައިވާ) އެއްޗެއް ކަމުގައި […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 52
52ވަނަ ޤަވާޢިދު (ޖުމްލަ 60): الدَّلَالَةُ الأَقْوَى مُرَجَّحَةٌ عِنْدَ التَّعَارُضِ މި ޤަވާޢިދުގެ ތަރުޖަމާ: {އެންމެ ބާރުގަދަ ދަލާލަތަކީ ތަޢާރުޟުވާހިނދު ތަރުޖީޙުދެވޭނޭ އެއްޗެއް} މި ޤަވާޢިދުގެ މުރާދު: ދަލާލަތުތަކުގެ މެދުގައި ފުށުއަރައިފިނަމަ، އެ ތަނުން އެންމެ ބާރުގަދަ ދަލާލަތަށް ތަރުޖީޙުދެވޭނެއެވެ. މިއީ، ލަފްޒުތަކުގެ ދަލާލަތަށް ބިނާކޮށް ތަރުޖީޙުދިނުމާ ގުޅޭ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ. އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި ލަފްޒުތަކުގެ ދަލާލަތުތައް (دَلَالَاتُ الأَلْفَاظِ) އެތަކެއް ނަޒަރުތަކަކުން އެތަކެއް ބައިތަކަކަށް ބެހެއެވެ. އޭގެ ތެރެއިން މި ޤަވާޢިދުގެ […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 51
51ވަނަ ޤަވާޢިދު (ޖުމްލަ 60): النَّصُّ مُقَدَّمٌ عَلَى الظَّاهِرِ މި ޤަވާޢިދުގެ ތަރުޖަމާ: {ޡާހިރުގެ މައްޗަށް ނައްޞު އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ނައްޞުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމާއި ޡާހިރުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމާ ފުށުއަރައިފި ހާލަތުގައި އިސްކުރެވޭނީ، ނައްޞުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމެވެ. މި ތަނުގައި ނައްޞުގެ މުރާދަކީ، އެ ލަފްޒަކުން ދަލީލު ލިއްބައިދޭ ކަންތަކަށް ޤަޠުޢީކޮށް ދަލީލުކޮށްދޭ، އަދި އެއްވެސް އިޙްތިމާލެއް ނެތި އަމިއްލަ ޒާތުގައި ދަލީލުކޮށްދޭ ކޮންމެ ލަފްޒެކެވެ. ކައިރި އިޙްތިމާލެއް ވިޔަސް ނުވަތަ ދުރު […]