ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 55
55ވަނަ ޤަވާޢިދު (ޖުމްލަ 60): عِبَارَةُ النَّصِّ مُقَدَّمَةٌ عَلَى إِشَارَتِهِ މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞުގެ ޢިބާރަތް އޭގެ އިޝާރަތުގެ މައްޗަށް އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ނައްޞުގެ ޢިބާރަތާއި އޭގެ އިޝާރަތް ފުށުއަރައިފިނަމަ، އިޝާރަތުގެ މައްޗަށް ޢިބާރަތް އިސްކުރެވޭނެއެވެ. ސަބަބަކީ، އިޝާރަތަށްވުރެ ޢިބާރަތުގެ ބާރު ގަދަވީތީއެވެ. ނައްޞުގެ ޢިބާރަތަކީ، ފިކުރުހިންގުމަކާ ނުލައި، އަޞްލީކޮށް ނުވަތަ ތަބަޢީކޮށް، ވާހަކައިގައިވާ ޙުކުމަށް ލަފްޒުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމެވެ. އަދި އެއީ، އިތުރަށް ބަލައި ހޯދަން ނުޖެހި ޞަރީޙަކޮށް ދަލީލުކޮށްދޭ […]
ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 54
54ވަނަ ޤަވާޢިދު (ޖުމްލަ 60): الـمَنْطُوقُ مُقَدَّمٌ عَلَى الـمَفْهُومِ މި ޤަވާޢިދުގެ ތަރުޖަމާ: {މަފްހޫމުގެ މައްޗަށް މަންޠޫޤު އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: މަންޠޫޤުގެ ޒަރީއާއިން ލަފްޒުގެ މައްޗަށް ދަލީލުކޮށްދޭ ދަލީލުކޮށްދިނުމީ، މަފްހޫމުލްމުޚާލަފާގެ ޒަރީއާއިން ލަފްޒުގެ މައްޗަށް ދަލީލުކޮށްދޭ ދަލީލުކޮށްދިނުމަށްވުރެ މާ މަތީ ދަރަޖައެއްގެ ދަލީލުކޮށްދިނުމެކެވެ. ދަރަޖައިގެ ގޮތުން މިވާ ކުރިއެރުމުގެ ނަތީޖާއެއްގެ ގޮތުން، ތަޢާރުޟުވާހިނދު މަފްހޫމުލްމުޚާލަފާގެ މައްޗަށް މަންޠޫޤު އިސްކުރުން ލާޒިމުކުރެތެވެ. އެގޮތުން، މަފްހޫމުލްމުޚާލަފާއިން ސާބިތުކުރަން އުޅޭ ޙުކުމް، މަންޠޫޤުން ސާބިތުވާ ޙުކުމަކާ ފުށުއަރާނަމަ، […]