ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 12
14ވަނަ ޤަވާޢިދު (ޖުމްލަ 189): كُلُّ حُكْمٍ خُوطِبَ بِهِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَمَّ الأُمَّةَ إِلَّا مَا خَصَّهُ الدَّلِيْل މި ޤަވާޢިދުގެ ތަރުޖަމާ: {ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ މުޚާޠަބުކުރެވިފައިވާ ކޮންމެ ޙުކުމެއް އުއްމަތަށް ޢާއްމުވާނެ، ދަލީލުން އެ ކަލޭގެފާނަށް ޚާއްޞަކޮށްފައިވާ ޙުކުމެއް މެނުވީ} މި ޤަވާޢިދުގެ މުރާދު: ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ޚާއްޞަކޮށް މުޚާޠަބުކުރެވިފައިވާ އެންގެވުންތަކުގެ އަޞްލަކީ، އުއްމަތަށް އެ ޢާއްމުވެ، އެ އެންގެވުން […]
ފަރުވާއެއްގެ ގޮތުގައި އައި ވީ އެފް ބޭނުންކުރުމުގެ ޙުކުމް 2
މިކަމުގެ ޝަރުޢީ ޙުކުމާމެދު ދަންނައެވެ. އެންމެ ރައްކާތެރި ގޮތަކީ އެކަން މަނާވެގެންވުމެވެ. މިއީ ޝައިޚް ޢަބްދުﷲ އަލްޖިބްރީން حفظه الله ގެ ބަސްފުޅެވެ. އަދި ބައެއް ޢިލްމުވެރިން ޝަރުޠުތަކަކާއެކު އެކަން ހުއްދަކުރައްވައެވެ. އެ ޝަރުޠުތަކުގެ ތެރޭގައި: