[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 13

15ވަނަ ޤަވާޢިދު (ޖުމްލަ 189): الخِطَابُ الخَاصُّ بِوَاحِدٍ مِنَ الأُمَّةِ يَعُمُّ غَيرَهُ މި ޤަވާޢިދުގެ ތަރުޖަމާ: {އުއްމަތުގެ ވަކި މީހަކަށް ޚާއްޞަ އެންގެވުން، އޭނާ ނޫން އެހެން މީހުންނަށް ވެސް ޢާއްމުވެގެންވޭ} މި ޤަވާޢިދުގެ މުރާދު: އުއްމަތުގެ ވަކި މީހަކަށް އަމާޒުކުރެވިފައިވާ ޚިޠާބު (އެންގެވުން)، އެންމެހައި މުކައްލަފުންނަށް ވެސް ޢާއްމުވެ، އަމާޒުކުރެވިގެންވެއެވެ. އެއީ، އެ އެންގެވުމުގެ ޒާތުންނެވެ. އެ އެންގެވުމުގެ ތެރެއަށް އެހެން މީހުން ވަންނަކަން އިތުރު ދަލީލަކުން ދަލީލުކޮށްދިނުމަށް ބޭނުންޖެހިގެން ނުވާ ހާލުގައެވެ. […]