[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަރުވާއެއްގެ ގޮތުގައި އައި ވީ އެފް ބޭނުންކުރުމުގެ ޙުކުމް 3

އަދިވެސް ޝައިޚް މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.

“‘އާޓިފިޝަލް ފާޓިލައިޒޭޝަން’އަކީ ފިރިމީހާގެ މަނި ނެގުމަށްފަހު ސިރިންޖަކުން އަނބިމީހާގެ ރަހިމަށް ލުމެވެ. މިއީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. އެކަން އެކުރާ ޑޮކްޓަރު، މީހެއްގެ މަނި، އެހެން މީހެއްގެ އަނތްބެއްގެ ރަހިމަށް ނުލާނެކަމުގެ ޔަގީންކަން ދެވޭނީ ކާކަށް ހެއްޔެވެ؟! އެހެންކަމުން މިކަމުގައި މުޢައްޔަނުކޮށް ފިރިހެންމީހާއާއި، އޭނާގެ އަންހެނުންނާ އަދި ޑޮކްޓަރު އެނގުމުން ނޫނީ ފަތުވާ ނުދެވޭނެއެވެ. އެހެނީ މިފަދަ ދޮރެއް ހުޅުވާލައިފިނަމަ ފަހެ، އެކަމުން ނުރަނގަޅު ކަންތައްތަކެއް ކުރިމަތިވެދާނެކަމުގެ ބިރު އެބައޮތެވެ.     

މި މައްސަލައަކީ ލުއި ގޮތަކަށް ނެގިދާނެ މައްސަލައެއް ނޫނެވެ. އެހެނީ މިކަމުގައި އޮޅުވާލުމެއް ހިނގައިފިނަމަ، ނަސަބު އޮޅިގެންދާނެއެވެ. މިއީ ޝަރީޢަތުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ނަބިއްޔާ صلى الله عليه وسلم (އަޅުއަންހެނުންތަކަކާ ބެހޭގޮތުން) ޙަދީޘް ކުރައްވާފައިވެއެވެ.

((لاَ تُوطَأُ حَامِلٌ حَتَّى تَضَعَ)) [رواه أبو داود وصححه الألباني]

މާނައީ: “މާބަނޑު މީހަކު ވިހެއުމުގެކުރިން ޖިމާޢު ނުވާށެވެ.”

އެހެންކަމުން މިކަމުގައި އަހުރެން ފަތުވާއެއް ނުދޭނަމެވެ. އެއީ މިކަމުގައި މުޢައްޔަނުކޮށް ފިރިހެންމީހާއާއި، އޭނާގެ އަންހެނުންނާ އަދި ޑޮކްޓަރު އަހުރެންނަށް އެނގުމުން މެނުވީއެވެ.” 
[مجموع فتاوى الشيخ العثيمين  ١۷ / السؤال رقم ۹]

المجمع الفقهي التابع لمنظمة المؤتمر الإسلامي ގެ ޤަރާރުގައި ވެއެވެ.

“ޙާޖަތެއް އޮވެގެން މިކަން ކުރުމުގައި މައްސަލައެއް ނެތެވެ. އަދި އެއީ އެކަމުގައި ރައްކާތެރިކަމުގެ ގޮތުން ލާޒިމުވާ ހުރިހާ ކަމެއް ފުރިހަމަ ވެގެންނެވެ.”
[مجلة المجمع  ( 3 / 1 / 423 ) ]

ދުޢާއަކީ މިފަދަ މަގަކަށް ކުރިމަތިލުމެއް ނެތި ކޮންމެ ދެމަފިރިއަކަށްވެސް ޞާލިޙު ދަރިފަސްކޮޅެއް ލެއްވުމެވެ. އަދި މިފަދަ ކަންކަމުގައި ކެތްތެރިކަން ދެއްވުމެވެ.

والله أعلم

ނިމުނީ

_____________________________
މަޞްދަރު: އިނގިރޭސި ބަހުން / ޢަރަބި ބަހުން

މިލިޔުމުގެ އެހެންބައިތައް