ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 16
18ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَدَحُ وَالذَّمُّ لا يُخرِجَانِ الصِّيغَةَ عَن عُمُومِهَا މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢުރީފުކުރުމާއި ބަދުބަހަކީ ޞީޣާ އޭގެ ޢާއްމުކަމުން ބޭރުކުރާނޭ އެއްޗެއް ނޫން} މި ޤަވާޢިދުގެ މުރާދު: ޢާއްމުކަން ދޭހަކޮށްދޭ ލަފްޒާއެކު ތަޢުރީފުކުރުމެއް ނުވަތަ ބަދުބަހެއް ފަހަރުގައި އޮވެދާނެއެވެ. އެފަދަ ކަމެއް ޢާއްމުކަން ދޭހަކޮށްދޭ ލަފްޒަކާއެކު އޮތުމަކުން، އެ ލަފްޒު ޢާއްމުކަމުގެ މާނަ ދޭހަ ނުކޮށްދޭ ލަފްޒަކަށް ބަދަލެއް ނުވާނެއެވެ. ޚިޠާބު (އެންގެވުން) ގެ އަޞްލުގައި ހިމެނޭ ޢާއްމުކަމުގެ ޤަޞްދާއި، […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 15
17ވަނަ ޤަވާޢިދު (ޖުމްލަ 189): العَامُّ بَعْدَ التَّخصِيصِ بِمُعَيَّنٍ حُجَّةٌ فِيما بَقِيَ مِن الأَفْرَادِ މި ޤަވާޢިދުގެ ތަރުޖަމާ: {މުޢައްޔަނު އެއްޗަކުން ޚާއްޞަކުރެވުމަށްފަހު، ބާކީ އޮންނަ އަފުރާދުންނަށް ޢާއްމުއަކީ ޙުއްޖަތެއް} މި ޤަވާޢިދުގެ މުރާދު: ޚާއްޞަކުރުން އަޞްލު އޮންނަ ގޮތަށް، މުޢައްޔަނުއަކުން ޚާއްޞަކުރެވިއްޖެނަމަ، ޚާއްޞަކުރެވުމަށްފަހު ބާކީ އޮންނަ އަފުރާދުންނަށް އެއީ ޙުއްޖަތެއްގެ ގޮތުގައި އޮންނާނެއެވެ. އަދި ޚާއްޞަކުރެވުމަށްފަހު ބާކީ އޮންނަ ފަރުދުންތަކުގައި އެއަށް ޢަމަލުކުރުން ވާޖިބުވާނެއެވެ. މިއީ، ގިނަ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ. އަދި […]