[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 46

48ވަނަ ޤަވާޢިދު (ޖުމްލަ 189): الغَايَةُ تُخَصِّصُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {ޣާޔަތު، ޢާއްމުކަން ޚާއްޞަ ކުރޭ} މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒެއް ވާރިދުވެފައި، ޣާޔަތުގެ މާނަ ދޭހަކޮށްދޭ ޙަރުފެއް އެ ޢާއްމު ލަފްޒާ ގުޅިއްޖެނަމަ، އެ ޣާޔަތަކީ އެ ޢާއްމު ލަފްޒުގެ ޢާއްމުކަން ޚާއްޞަ ކުރާނޭ އެއްޗެކެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، ޝަރުޠާއި ސިފައިގައި ވެސް އޮންނަ ގޮތަށް، ޣާޔަތުން ޚާއްޞައެއް ނުކުރެވޭނެއެވެ. […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 45

48ވަނަ ޤަވާޢިދު (ޖުމްލަ 189): الصِّفَةُ تُخَصِّصُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {ސިފަ، ޢާއްމުކަން ޚާއްޞަ ކުރޭ} މި ޤަވާޢިދުގެ މުރާދު: ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞެއްގައި ޢާއްމު ލަފްޒެއް ވާރިދުވެފައި، އެއާ ޖެހިގެން އެ ޢާއްމު ލަފްޒުގެ ޢާއްމުކަން ޤައިދުކޮށް ހަނިކުރާ ސިފައެއް އަތުވެއްޖެނަމަ، އެ ސިފައަކީ އެ ލަފްޒުގެ ޢާއްމުކަން ޚާއްޞަ ކުރާނޭ އެއްޗެކެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މިއާ ޚިލާފަށް، މަފްހޫމުލްމުޚާލަފާއަށް އިންކާރުކުރައްވާ ޙަނަފީންގެ އަރިހުގައި، ސިފައިން […]

އިޚްލާޞްތެރިކަމުގެ މޭވާ

އިޚްލާޞްތެރިކަމެއް ނުވާނަމަ ހެޔޮ ޢަމަލުތައް ޤަބޫލުނުވެވޭނެއެވެ. އަދި ކިތަންމެ ގިނަ ޢަމަލެއްކުރިޔަސް އިޚްލާޞްތެރިކަމެއް ނުވާނަމަ އެކަންކަން އޭނާއަށް ރައްދުކުރެވޭނެއެވެ. އިޚްލާޞްތެރިކަމަކީ އަޅާގެ މައްޗަށް ޝައިޠާނާ ވެރިވެގަތުމަށް އޮތް ހުރަހެކެވެ. އިބިލާހާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴿٨٢﴾ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ ﴿٨٣﴾ މާނައީ: “އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެން އެންމެން މަގުފުރައްދާހުށީމެވެ. [82] އެއުރެންކުރެ، އިބައިލާހަށް އިޚްލާޞްތެރި އަޅުން މެނުވީއެވެ. [83] […]