[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޚްލާޞްތެރިކަމުގެ މޭވާ

އިޚްލާޞްތެރިކަމެއް ނުވާނަމަ ހެޔޮ ޢަމަލުތައް ޤަބޫލުނުވެވޭނެއެވެ. އަދި ކިތަންމެ ގިނަ ޢަމަލެއްކުރިޔަސް އިޚްލާޞްތެރިކަމެއް ނުވާނަމަ އެކަންކަން އޭނާއަށް ރައްދުކުރެވޭނެއެވެ. އިޚްލާޞްތެރިކަމަކީ އަޅާގެ މައްޗަށް ޝައިޠާނާ ވެރިވެގަތުމަށް އޮތް ހުރަހެކެވެ. އިބިލާހާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ﴿٨٢﴾ إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ ﴿٨٣﴾

މާނައީ: “އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެން އެންމެން މަގުފުރައްދާހުށީމެވެ. [82] އެއުރެންކުރެ، އިބައިލާހަށް އިޚްލާޞްތެރި އަޅުން މެނުވީއެވެ. [83] “

އިޚްލާޞްތެރިންވާހުށީ ﷲ ގެ ރައްކާތެރިކަމުގެ ސަބަބުން ފާފަތަކުންނާއި ނުރުހުންތެރިކަންކަމުން ރައްކާތެރިކުރެވިގެންނެވެ. ޔޫސުފު عليه السلام އާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ﴾[سورة يوسف ٢٤]

މާނައީ: “އެފަދައިން (އެ دليل ދެއްކެވީ) ތިމަންއިލާހު، އެކަލޭގެފާނުގެ ކިބައިން ނުބައި ޢަމަލާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، ތިމަންއިލާހަށް އިޚްލާޞްތެރި އަޅުންގެ ތެރެއިންނެވެ. “

އިޚްލާޞްތެރިކަމުގެ ސަބަބުން ދަރަޖަތައް އުފުލި ހެޔޮކަމުގެ ދޮރުތައް ހުޅުވިގެންދެއެވެ.

((إِنَّكَ لَنْ تُخَلَّفَ فَتَعْمَلَ عَمَلًا تَبْتَغِي بِهِ وَجْهَ اللَّهِ إِلَّا ازْدَدْتَ بِهِ دَرَجَةً وَرِفْعَةً)) [متفق عليه]

މާނައީ: “ހަމަކަށަވަރުން ތިބާއަށް ދިގު ޢުމުރެއް ދެވި، އޭގެ ސަބަބުން ﷲގެ ވަޖުހުފުޅު އަދައިގެން (ހެޔޮ) ޢަމަލުކޮށްފިނަމަ، އެކަމަށްޓަކައި ތިބާގެ ދަރަޖައާއި ޤަދަރު އިތުރުނުވެ ނުދާނެއެވެ.”

ހިތުގެ ހަމަޖެހުމާއި ބާއްޖަވެރިކަމުގެ އިޙްސާސާއި މަޚްލޫޤުންގެ ނިކަމެތިކުރުންތަކުން ސަލާމަތްކަންއޮތީ އިޚްލާޞްތެރިކަމުގައެވެ. ފުޟައިލް ބުން ޢިޔާޟް ވިދާޅުވިއެވެ. “މީސްތަކުންގެ ގޮތް އެނގިއްޖެމީހަކު ހަމަޖެހިލާނެއެވެ.” މީސްކަތުންނަށް އޭނާއަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެކަން އެނގޭމީހަކު މީސްތަކުންނަށް ބޭނުންނުޖެހޭނެއެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް