ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 83
86ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ يَقْتَضِي الفَسَادَ مُطْلَقًا މި ޤަވާޢިދުގެ ތަރުޖަމާ: {ނަހީން މުޠުލަޤުކޮށް ލާޒިމު ކުރަނީ ފަސާދަވުން} މި ޤަވާޢިދުގެ މުރާދު: ނަހީން ނަހީކުރެވުނު ކަންތައް މުޠުލަޤުކޮށް ފަސާދަވުމާއި އެ ކަންތަކަށް ބަރޯސާނުވެވުން ލާޒިމު ކުރެއެވެ. ނަހީކުރެވުނު އެ ކަންތަކަކީ، ޢިބާދާތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވިޔަސް، ނުވަތަ މުޢާމަލާތާއި ޢަޤްދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވިޔަސް މެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި މި […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 82
85ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ الـمُطْلَقُ يَقْتَضِي التَّكْرَارَ وَالتَّأْبِيْدَ މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ނަހީން ލާޒިމު ކުރަނީ ތަކުރާރު ކުރުމާއި ދާއިމީކަން} މި ޤަވާޢިދުގެ މުރާދު: މުޠުލަޤު ނަހީން ލާޒިމު ކުރަނީ، ނަހީކުރެވުނު ކަންތަކަށް ދާއިމީކޮށް ނިމުން ގެނައުމެވެ. އަދި ދާއިމީކޮށް އެ ކަންތަކާ ދުރުހެލިވުމެވެ. އެގޮތުން، އެ ކަންތަކަށް ނިމުން ގެނައުމުގައި އަދި އެ ކަންތަކާ ދުރުހެލިވުމުގައި ތަކުރާރުކޮށް އޭނާގެ މުޅި އުމުރުގައި ދެމިހުންނަން ވާނެއެވެ. އެއް ފަހަރު އެ ކަމަށް […]