ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 85
88ވަނަ ޤަވާޢިދު (ޖުމްލަ 189): أَسْمَاءُ الاِسْتِفْهَامِ تُفِيْدُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {ސުވާލުކުރުމުގެ ގޮތުން ބޭނުންކުރެވޭ ނަންތަކުން عُمُومُ ލިއްބައިދޭ} މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޞީޣާތަކުގެ (ޢިބާރާތްތަކުގެ) ތެރޭގައި، أَسْمَاءُ الاِسْتِفْهَامِ (ސުވާލުކުރުމުގެ ގޮތުން ބޭނުންކުރެވޭ ނަންތައް) ހިމެނެއެވެ. އެއީ، مَنْ (ކާކު؟) އާއި، مَا (ކޮން އެއްޗެއް؟) އާއި، مَتَى (ކޮންއިރަކު؟) އާއި، أَيْنَ (ކޮންތާކު؟) އާއި، أَيُّ (ކޮން؟) އާއި، أَنَّى (ކިހިނަކުން؟) އާއި، كَيْفَ (ކިހިނެއް؟) […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 84
87ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ بَعْدَ الأَمْرِ يَقْتَضِي الـحَظْرَ މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރަށްފަހު އޮންނަ ނަހީން ލާޒިމު ކުރަނީ ޙަރާމްކަން} މި ޤަވާޢިދުގެ މުރާދު: ކަމެއް ކުރުމަށް އަމުރެއް ވާރިދުވެފައި، އޭގެ ފަހުން އެ ކަމުން ދުރުހެލިވުމަށް ނަހީއެއް ވާރިދުވެއްޖެނަމަ، އެއިން ލާޒިމު ކުރަނީ، އެ ކަންތައް ކުރުން ޙަރާމްވުމެވެ. ސަބަބަކީ، ނަހީ އައުމުގެ ކުރިން އެ ކަން އެއީ ވާޖިބުކަމެއް ކަމަށް ކަނޑައެޅިފައި އޮތުމީ، އެ ނަހީގެ ޞީޣާގެ ޙަޤީޤަތުން ލާޒިމު […]