ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 115
121ވަނަ ޤަވާޢިދު (ޖުމްލަ 189): دَلَالَةُ النَّصِّ بِـمَنْزِلَةِ النَّصِّ މި ޤަވާޢިދުގެ ތަރުޖަމާ: { دَلَالَـةُ الـنَّـصِّ އޮންނަހުށީ ނައްޞުގެ ދަރަޖައިގައި} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުގެ ނައްޞުތަކުގައި މަންޠޫޤު ޙުކުމެއް އައިސްފައި، ވާހަކައިގެ ލަފްޒުންނާއި ސިޔާޤުން އެ ޙުކުމުގައި ބަޔާންވެފައިވާ ކަންތަކާ ހަމަހަމަ ނުވަތަ އެއަށްވުރެ އައުލާކަން ބޮޑު މާނައަކަށް ދަލީލުކޮށްދޭނަމަ، އެ ދަލާލަތަކީ އެއަށް ޢަމަލު ކުރެވޭނޭ ޙުއްޖަތެކެވެ. އަދި ސުކޫތުގައިވާ މާނަ، ނައްޞުގައި ބަޔާންވެފައިވާ ޙުކުމް ނަގާނެއެވެ. މިއީ، އުޞޫލީ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 114
120ވަނަ ޤަވާޢިދު (ޖުމްލަ 189): الثَّابِتُ بِإِشَارَةِ النَّصِّ كَالثَّابِتِ بِعِبَارَتِهِ މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞުގެ އިޝާރަތުން ސާބިތުވެފައިވާ އެތި، އޭގެ ޢިބާރަތުން ސާބިތުވެފައިވާ އެތިފަދަ} މި ޤަވާޢިދުގެ މުރާދު: އިޝާރަތުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމީ (دَلَالَةُ الإِشَارَةِ އަކީ)، ޢިބާރަތުން ދަލީލުކޮށްދޭ ދަލީލުކޮށްދިނުންފަދަ ކަމެކެވެ. ޙުކުމްތައް އިސްތިންބާޠު ކުރުމުގައި އެފަދަ މުޢުތަބަރު ޙުއްޖަތެކެވެ. އެއީ، އިޝާރަތުން އިސްތިންބާޠު ކުރެވުނު މާނައާއި އެ ނައްޞާ ދެމެދު ލާޒިމު ކުރާ ގުޅުމެއް އޮވެފައި، އިސްތިންބާޠު ކުރެވުނު މާނައަކީ ނައްޞުގައިވާ […]