[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެން ކުރާ ހުރިހާ ޢަމަލެއްގައިވެސް އިޚްލާޞްތެރިވާނީ ކިހިނެތް 2

ހެޔޮކަމުގައި ތިބާއަށްވުރެ ކުރިއަރާދިޔަ ޞާލިޙުބޭކަލުންގެ ޢަމަލުތަކަށް ބެލުން ހެޔޮޢަމަލުކުރުމުގައި ވާދަކުރާއިރު، ތިބާ ތިޔަ އުޅޭ ޒަމާނުގައި އުޅޭ، ޢަމަލުގައި ތިބާއަށްވުރެ ފަހަތުގައި އުޅޭ މީހުންނަށް ނުބަލާށެވެ. އަދި އަބަދުވެސް، ނަބީބޭކަލުންނާއި ޞާލިޙުން އުޅުއްވި ގޮތް ބަލާ ދިރާސާކުރާށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿أُولَـٰئِكَ الَّذِينَ هَدَى اللَّـهُ فَبِهُدَاهُمُ اقْتَدِهْ ﴾ [الأنعام ٩٠] މާނައީ: “އެބޭކަލުންނީ، ﷲ ތެދުމަގު ދެއްކެވި ބޭކަލުންނެވެ. ފަހެ، އެބޭކަލުންގެ ތެދުމަގަށް ކަލޭގެފާނު ތަބާވެވެވަޑައިގަންނަވާށެވެ.” އަދި ޢިލްމުވެރިންނާއި އަޅުވެރިންނާއި ޝަރަފުވެރި ޒުހުދުވެރި ބޭކަލުންގެ […]

އަހަރެން ކުރާ ހުރިހާ ޢަމަލެއްގައިވެސް އިޚްލާޞްތެރިވާނީ ކިހިނެތް 1

އިންސާނާގެ ހެޔޮޢަމަލުތައް ފާސިދުކޮށްލުމަށް ޝައިޠާނާ ދިމާކުރެއެވެ. މުއުމިނު އަޅާ މެދުނުކެނޑި އޭނާގެ ޢަދާވަތްތެރިޔާކަމުގައިވާ އިބިލީހާ ދެކޮޅަށް ޖިހާދުކުރެއެވެ. އެއީ އީމާންކަމުގެ މަތީގައި އަދި ޢަމަލުތައް ޚާލިޞު ކުރާމީހެއްގެ ގޮތުގައި އޭނާގެ ވެރިރައްބާ ބައްދަލުވެއްޖައުމަށް ދާންދެނެވެ. އިޚްލާޞްތެރިވުމަށް އެހީތެރިވެދޭ ކަންތައްތަކެއްވެއެވެ. އޭގެ ތެރޭގައި: ދުޢާކުރުން ހިދާޔަތްދެއްކެވުންވަނީ ﷲ ތަޢާލާގެ އަތްޕުޅުގައެވެ. އަދި ހިތްތައްވަނީ ﷲ ތަޢާލާގެ އިނގިލިފުޅުތަކުގެ ތެރެއިން ދެއިނގިލިފުޅެއްގެ ދެމެދުގައެވެ. އެއިލާހު އިރާދަކުރެއްވި ގޮތަކަށް އެ ބަދަލުކުރައްވައެވެ. ފަހެ އެއިލާހުގެ އަތްޕުޅުގައި، ހިދާޔަތް ދެއްކެވުންވާ އިލާޙުގެ ޙަޟްރަތަށް […]