ޖަރްޙާއި ތަޢްދީލު (12)

الـمَبْحَثُ الثَّانِيّ: اختلاف حال الراوي ދެވަނަ މަބްޙަޘް: ރާވީގެ ހާލަތާ މެދު ޚިލާފުއުފެދުން ރާވީއަށް ޙުކުމްކުރުމުގައި ފަހަރުގައި ތަފްސީލަކަށް ބޭނުންޖެހިދާނެއެވެ. އެއީ، ޒަމާނާ ނުވަތަ ތަނާ ނުވަތަ ޝައިޚުންނާ ނުވަތަ އެހެން ވެސް ކަމަކާ ގުޅުވައިގެން އޭނާގެ ހާލަތު ތަފާތުވެފައި އޮތުމުގެ ސަބަބުންނެވެ. އެހެންކަމުން، އޭނާގެ ހުރިހާ ހާލަތްތަކެއް ދިރާސާކުރުމަށްފަހު ނަޤުދުކުރައްވާ ޢިލްމުވެރިޔާ ތަފްސީލު ހިމެނޭ ޙުކުމެއް އެ ރާވީއަށް ކަނޑައަޅުއްވާނެއެވެ. އެއިން ވަކި ހާލަތެއްގައި އެ ރާވީގެ އިތުބާރު ވަރުގަދަނަމަ އެ ކަމާއި، އަދި […]
މާޔޫސްވެ، އުއްމީދު ކަނޑާނުލާ 1

ކޮންމެ މީހަކަށްވެސް ދިރިއުޅުމުގައި ތަފާތު ހާދިސާތަކާއި ކުރިމަތިވެއެވެ. ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އުފާވެރި ދުވަސްތަކާއި، ހިތާމަވެރި ދުވަސްތަކާއި ކުރިމަތިވެއެވެ. މިއީ ޙަޔާތުގެ ޙަޤީޤަތެވެ. މިއީ ޙަޔާތުގެ ކުލަތަކެވެ. މި ލިޔުމުގެ ފުރަތަމަ ބައިގައި ބަލާލެވިފައިވަނީ ހެޔޮކޮށް އުއްމީދުކުރުމާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ދަލީލުތަކަށާއި، އިލާހީ މަޞްދަރުތަކުގެ އަލީގައި މުޞީބާތްތަކުން މިންޖުވާނެގޮތްތަކަށެވެ. ދެވަނަބައިގައި ބަލައިލެވިފައިވާނީ ފާގަތިކަމުގައި އުރެދުންތަކަށް އަރައިގަތުމުގެ ނުބައިކަމުގެ މައްޗަށެވެ. ހެޔޮކޮށް އުއްމީދުކުރުމަށާއި މާޔޫސްނުވުމަށް ބާރުއަޅާފައިވާ ނައްޞުތައް 1 وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ ۖ […]
ކަނޑުމަތީގައި މަރުވާ މުސްލިމެއްގެ ހަށިގަނޑު ކަނޑުފެއްތުމުގެ ޙުކުމް 3

އަނަސްގެފާނު ރިވާކުރެއްވިއެވެ. އަބޫ ޠަލްޙާ، ތައުބާ ސޫރަތް ކިޔަވާވިދާޅުވިއެވެ. ﴿انفِرُوا خِفَافًا وَثِقَالًا﴾ [سورة التوبة ٥٥] މާނައީ: “ލުއިކަމާއެކުގައްޔާއި، ބުރަކަމާއެކުގައި، ތިޔަބައިމީހުން (ހަނގުރާމައަށް) ނުކުންނާށެވެ!” އަދި އިސްވެދިޔަ އާޔަތާ ހަމައިން ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ އަޅަމެންގެ ވެރި ރައްބު އެވަނީ މުސްކުޅިންނާ އަދި ޒުވާނުންވެސް ޖިހާދަށް ނުކުތުމަށް އަމުރުކުރައްވާފައެވެ. (ދެން ވިދާޅުވިއެވެ. ޖިހާދަށް ދިޔުއަށް) ތިމަން ތައްޔާރުކޮށްދޭށެވެ. އެކަލޭގެފާނުގެ ދަރިދަރިކަލުން ވިދާޅުވެއްޖެއެވެ. ކަލޭގެފާނުވަނީ ﷲ ގެ ރަސޫލާ މިދުނިޔެއާ އަލްވަދާޢު ކިޔުއްވަންދެން އެކަލޭގެފާނުގެ އަރިހުގައި ހަނގުރާމަކުރައްވާފައެވެ. […]