ރަސޫލުﷲ صلى اللّه عليه وسلم ގެ ދަރިކަނބަލުން ރުޤައްޔާ رضي الله عنها

ނަބިއްޔާ صلى الله عليه وسلم ގެ ދަރިކަނބަލުން ރުޤައްޔާ رضي الله عنها ގެ މަންމާފުޅަކީ ޚަދީޖާ رضي الله عنها އެވެ. ރަސޫލުﷲ صلى الله عليه وسلم ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން ޢުތުބާ ބުން އަބީލަހަބާ އެކަމަނާ ކައިވެނިކޮށްދެއްވިއެވެ. ފަހެ، ﴿تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ﴾ (މާނައީ: “އަބޫލަހަބުގެ ދެއަތް ގެއްލި ހަލާކުވެ ދާށިއެވެ! އަދި އޭނާވެސް ގެއްލި ހަލާކުވެއްޖެއެވެ!”)، މިސޫރަތް ބާވައިލެއްވުމުން އަބޫލަހަބު ބުންޏެވެ. “ކަލޭ އޭނާގެ ދަރި ވަރިނުކޮށްފިނަމަ […]
ނަބިއްޔާ صلى الله عليه وسلم ގެ ޒަވާޖީ ޙަޔާތް 30

ޢާއިލާގެ އެހެނިހެން ފަރުދުންނާ ޖެހޭ އެކިއެކި މައްސަލަތަކާއި އެނޫން ކަންކަމާ އެކަނބަލުން ދެރަފުޅުވެވަޑައިގެން ހިތާމަކުރައްވާ ކަމުގައިވާނަމަ އެކަލޭގެފާނު އެކަނބަލުންނަށް އުފާވެރިކަން ގެނެސްދެއްވައި އުދާސްތަކާއި ހިތްދަތިކަން ފިއްލަވައިދެއްވިއެވެ: އެކަލޭގެފާނު އެކަން ކުރައްވަނީ ނުހަނު ޙިކުމަތްތެރިކަމާއި ޙިލުމުވެރިކަމާއެކުއެވެ. މައްސަލަ ވީހާވެސް ލުއިކޮށް ފަސޭހައިން ހައްލުވާނޭ ފަދަ ގޮތަކަށެވެ. ބައެއް ފިރިން ހަދާހެން ކޮންމެވެސް އެއްކޮޅަކަށް ޖެހި ނުވަތަ ވަކި އަނބަކަށް ލެނބި މައްސަލަ އިތުރަށް ގޯސްވެގެން ދާނޭ ގޮތަކަށް ނޫނެވެ. އެއް ފަހަރަކު، ޙަފްޞާ رضي الله عنها ޞަފިއްޔާ […]