[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 1 ، د 1 – ތައުޙީދުގެ މުހިންމުކަން)

ތައުޙީދުގެ މުހިންމުކަން   ކަރީމުވަންތަ ﷲ، މަތިވެރިވެގެންވާ ޢަރުޝީގެ ރައްބުގެ ޙަޟްރަތުން އަހަރެން މި އެދެނީ ދުނިޔޭގައި އަދި އާޚިރަތުގައި ތިބާއަށް ވާގިވެރިވެވޮޑިގަތުމަށެވެ. އަދި ތިބާވީ ކޮންމެ ތަނެއްގައިމެ ތިބާއަކީ ބަރަކާތްލެއްވިގެންވާ މީހެއްކަމުގައި ލެއްވުމަށެވެ. އަދި ތިބާއީ (ނިޢުމަތް) ދެއްވިއްޖެނަމަ ޝުކުރުވެރިވާ މީހުންގެ ތެރެއިން، އިމްތިޙާންކުރެއްވިއްޖެނަމަ ކެތްތެރިވާ މީހުންގެ ތެރެއިން އަދި ފާފައެއް ކުރެވިއްޖެނަމަ ފާފަފުއްސެވުން އެދި ދަންނަވާމީހުންގެ ތެރެއިން ލެއްވުމަށެވެ. ފަހެ ހަމަކަށަވަރުން މި ތިންކަމަކީ ބާއްޖަވެރިކަމުގެ ޢަލާމާތެވެ. ދަންނާށެވެ! ﷲ އަށް ކިޔަމަންގަތުމަށް އެއިލާހު […]

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 12

  ކޮންމެއަކަސް، އެމީހުން ނެގި މިހުރިހާ ޙާދިޘާތަކުން “ވެސް” ބަޔާންވެގެންދަނީ؛ އެކަލޭގެފާނުގެ ކިބައިން ވާރިދުވެގެން އައިސްފައިވާ ސުންނަތް މައިގަނޑު ދެ ބަޔަކަށް ބެހިގެން ދާކަމެވެ. އެގޮތުން އޭގެން ފުރަތަމަ ބަޔަކީ؛ ވަޙީގެ ގޮތުގައި ނުހިމެނޭ ބައެވެ. އެއީ އިންސާނިޔަތުގެ ހަމަތަކުގެ މަތިން އެކަލޭގެފާނުގެ ކުރައްވާފައިވާ ކަންކަމެވެ. އެބަޔަކީ؛ ދީނުގެ ޝަރީޢަތުން ވަކި ސީދާ ޙުކުމެއް ކަނޑައެޅިފައި ނުވާ ކަންކަމެވެ. މިސާލަކަށް އިންސާނާ ދިރިއުޅުމުގެ ތެރޭގައި ހިމެނޭ އާދައިގެ ކަންކަމެވެ. އެފަދަ ކަންކަން އިސްލާމީ ފިހުޤުގައި ވަދެގެން ދަނީ […]