ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 14

ފަހެ ނަބިއްޔާ صلى الله عليه وسـلم ގެ ހުރިހާ ބަސްފުޅަކާއި ޢަމަލުފުޅަކާއި އަދި ކިއެއް، އެކަލޭގެފާނުގެ ހިތްޕުޅަށް އަރައިވަޑައިގަންނަވާ ހުރިހާ އިޙުސާސުތަކާއި ޝުޢޫރުތަކަކަށް ދާންދެން ﷲ ތަޢާލާ ޚަބަރުދާރުވެވޮޑިގެންވިއެވެ. އެއީ މުޅި ކައުނާއި ކާއިނާތުގެ ހުރިހާ ކަމަކަށް ޚަބަރުދާރުވެވޮޑިގެންވާ ފަދައިންނެވެ. އެހެނީ އެކަލާނގެ ޢިލްމުފުޅުން އެއްވެސް ކަމެއް އަދި އެއްޗެއް ވެސް ބޭރުވެގެން ނުދެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ: (وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ). [الحجر: 97]. “ހަމަކަށަވަރުން، އެއުރެން […]
مادة التوحيد ٦ (ف 1 ، د 2 – ހަމައެކަނި ތައުޙީދުއް ރުބޫބިއްޔާއަށް އިޤުރާރުވުމުން މުސްލިމަކަށް ނުވެވޭނެ)

ހަމައެކަނި ތައުޙީދުއް ރުބޫބިއްޔާއަށް އިޤުރާރުވުމުން މުސްލިމަކަށް ނުވެވޭނެ ޝިރުކު އަޅުކަމުގެ ތެރެއަށް ވަދެ މަސްހުނިވުމުން އެއަޅުކަން ފަސާދަވާކަމާއި ޢަމަލުތައް ބާޠިލުވާކަމާއި އެޢަމަލުތައް ކުރާމީހާ ދާއިމީ ނަރަކަވަންތަވެރީންގެ ތެރެއިންވާކަން ތިބާއަށް އެނގުމުން، ދެން ތިބާއަށް އެންމެ މުހިންމުވާނީ އެޝިރުކު މަޢުރިފާކޮށް ދެނެގަތުންކަން ތިބާއަށް އެނގޭނެއެވެ. އެއީ ﷲ ތަޢާލާ މި ދާގަނޑުން ތިބާ ސަލާމަތްކުރެވުމަށްޓަކައެވެ. އެއީ ﷲއަށް ޝިރުކުރުމެވެ. އެކަމަކާ ބެހޭގޮތުން އެއިލާހު މިފަދައިން ވަޙީކުރެއްވިއެވެ. ﴿ إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ […]