[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 14

 

ފަހެ ނަބިއްޔާ صلى الله عليه وسـلم ގެ ހުރިހާ ބަސްފުޅަކާއި ޢަމަލުފުޅަކާއި އަދި ކިއެއް، އެކަލޭގެފާނުގެ ހިތްޕުޅަށް އަރައިވަޑައިގަންނަވާ ހުރިހާ އިޙުސާސުތަކާއި ޝުޢޫރުތަކަކަށް ދާންދެން ﷲ ތަޢާލާ ޚަބަރުދާރުވެވޮޑިގެންވިއެވެ. އެއީ މުޅި ކައުނާއި ކާއިނާތުގެ ހުރިހާ ކަމަކަށް ޚަބަރުދާރުވެވޮޑިގެންވާ ފަދައިންނެވެ. އެހެނީ އެކަލާނގެ ޢިލްމުފުޅުން އެއްވެސް ކަމެއް އަދި އެއްޗެއް ވެސް ބޭރުވެގެން ނުދެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ:

 

(وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ). [الحجر: 97].

“ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ”.

 

އަދި ޒައިދު رضي الله عنه ގެ އަނބިކަނބަލުންގެ ކަންތަކުގައި ވެސް އެކަލާނގެ އެކަލޭގެފާނަށް ވަޙީކުރައްވާފައިވެއެވެ.

“وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّـهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّـهَ وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّـهُ أَحَقُّ أَن تَخْشَاهُ…” [الأحزاب: 37].

“… اللَّه، އެމީހަކަށް (إسلامي هداية ގެ) نعمة ދެއްވައި، އަދި އެމީހެއްގެ މައްޗަށް ކަލޭގެފާނު ހެޔޮކަން ދެއްވާފައިވާ މީހާއަށް، ކަލޭގެފާނު ވިދާޅުވާހިނދު ހަނދުމަ ކުރައްވާށެވެ! ‘ތިބާގެ އަނބިމީހާ ދޫކޮށްނުލައި، ތިބާގެ ގާތުގައި ބައިންދާށެވެ! އަދި اللَّه އަށް تقوى ވެރިވާށެވެ! ‘ އަދި اللَّه ފާޅުކުރައްވާނޭ ކަންތައް ކަލޭގެފާނުގެ ހިތްޕުޅުގައި ވަންހަނާ ކުރައްވަމުއެވެ. އަދި މީސްތަކުންދެކެ ކަލޭގެފާނު ބިރުފުޅު ގަނެތެވެ. އަދި ކަލޭގެފާނު ބިރުފުޅުގަތުން حق ކަންބޮޑީ اللَّه ދެކެއެވެ…”

 

އަދި ނަބިއްޔާ صلى الله عليه وسـلم ގެ ގެކޮޅަށް މީސްމީސްހުން އައިސް އެގެކޮޅުން ނުނިކުމެ ގިނައިރު ތިބޭތީވެ ނަބިއްޔާ صلى الله عليه وسـلم އަށް އުދަގޫފުޅު ވެވަޑައިގަންނަވާތީވެ އެކަމާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

 

“…إِنَّ ذَٰلِكُمْ كَانَ يُؤْذِي النَّبِيَّ فَيَسْتَحْيِي مِنكُمْ ۖ وَاللَّـهُ لَا يَسْتَحْيِي مِنَ الْحَقِّ…” [الأحزاب: 53].

“(އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެކަމަކީ، ނަބިއްޔާއަށް އުނދަގޫދޭ ކަމެއްކަމުގައިވެތެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންދެކެ އެކަލޭގެފާނު ލަދުފުޅުގަނެތެވެ. ޙައްޤު ގޮތް ބަޔާން ކުރެއްވުމަށް ﷲ ލަދުވެތިވެވޮޑިއެއްނުގަންނަވަތެވެ”.

 

ފަހެ ބަޔާންކުރެވި ދިޔަ އާޔަތްތަކުން ފެނިގެން އެދިޔައީ، ﷲ ތަޢާލާ އެކަލޭގެފާނުގެ ހުރިހާ ކަމަކަށް ބައްލަވާވޮޑިގެންވާ ކަމާއި އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވައިގަންނަވާ ކަންކަމަށް ދާންދެން އަހައްމިއްޔަތުކަން ދެއްވައި އެކަންކަމާ ގުޅޭގޮތުން ކުރައްވަން ބޭނުންވެވޮޑިގަންނަވާ އަމުރުފުތަކާއި ޙުކުމްފުޅުތަކާއި، ދެއްވަން ބޭނުންވެވޮޑިގަންނަވާ އިރުޝާދާއި ނަޞޭހަތްތައް ދެއްވަން ޖެހޭ ފަރާތްތަކަށް ބަރާބަރަށް އަންގަވާ ކަމެވެ. އެކަން ކުރެއްވުމަށްޓަކައި ﷲ ތަޢާލާ އެއްވެސް ގޮތަކަށް ފަސްޖެހިވޮޑި ނުގަންނަވާ ކަމެވެ. އަދި ލަދުވެތިވެވޮޑިވެސް ނުގަންނަވާނެ ކަމެވެ.

 

ނުނިމޭ….

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 13