ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 21

ދެންފަހެ އިމާމް މުސްލިމް ރިވާކުރައްވާފައިވާ އަބޫ ސަޢީދު رضي الله عنه ގެ ޙަދީޘް ދަންނައެވެ. އިސްލާމް ދީނުގެ ބޮޑެތި ޢިލްމުވެރިން ވަނީ އެޙަދީޘާއި އެޙަދީޘާ ޚިލާފަށް އެވާ ޙަދީޘްތައް ޖަމްޢު ކުރައްވާއި އެކަމުގެ ޙަޤީޤަތް އެންމެހާ މީސްތަކުންނަށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އެބޭކަލުން ވަނީ އެކަމަށް ހަމައެކަނި އޮތް މައިގަނޑު ތިން އިޙްތިމާލު ވަރަށް ސާފުކޮށް ތަފުސީލު ކޮށްދެއްވާފައެވެ. އެބޭކަލުން ވިދާޅުވެފައިވެއެވެ:- އެކަމުގައި އެވަނީ ސުންނަތުން ސުންނަތް މަންސޫޚު ކުރެވިފައެވެ. މާނައަކީ ސުންނަތް ލިޔެގެން […]
ޞައްޙަ ޢަޤީދާ

الحمد لله وحده، والصلاة والسلام على من لا نبي بعده، وعلى آله وصحبه أما بعد: ފަހެ، ޞައްޙަ ޢަޤީދާއަކީ އިސްލާމްދީނުގެ އަޞްލު އަދި މިއްލަތުގެ އަސާސްކަމުގައި ވީހިނދު، ޞައްޙަ ޢަޤީދާއަކީ މިމުޙާޟަރާގެ މައުޟޫޢުކަމުގައި އިޚްތިޔާރުކުރީމެވެ. ޤުރުއާނާއި ސުންނަތުގައިވާ ޝަރުޢީ ދަލީލުތަކުން އެނގޭގޮތުގައި ޢަމަލުތަކާއި ބަސްތައް ޤަބޫލުވެވިގެންވަނީ ޞައްޙަ ޢަޤީދާގެ ދަށުން އެކަން ކުރުމުންނެވެ. ފަހެ، ހަމަކަށަވަރުން ޢަޤީދާ ޞައްޙަކަމުގައި ނުވާނަމަ އެފަދަމީހެއްގެ ޢަމަލުތަކާއި ބަސްތައް ބާޠިލުވެގެންވެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ […]