[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 21

 

ދެންފަހެ އިމާމް މުސްލިމް ރިވާކުރައްވާފައިވާ އަބޫ ސަޢީދު رضي الله عنه ގެ ޙަދީޘް ދަންނައެވެ. އިސްލާމް ދީނުގެ ބޮޑެތި ޢިލްމުވެރިން ވަނީ އެޙަދީޘާއި އެޙަދީޘާ ޚިލާފަށް އެވާ ޙަދީޘްތައް ޖަމްޢު ކުރައްވާއި އެކަމުގެ ޙަޤީޤަތް އެންމެހާ މީސްތަކުންނަށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އެބޭކަލުން ވަނީ އެކަމަށް ހަމައެކަނި އޮތް މައިގަނޑު ތިން އިޙްތިމާލު ވަރަށް ސާފުކޮށް ތަފުސީލު ކޮށްދެއްވާފައެވެ. އެބޭކަލުން ވިދާޅުވެފައިވެއެވެ:-

 

  • އެކަމުގައި އެވަނީ ސުންނަތުން ސުންނަތް މަންސޫޚު ކުރެވިފައެވެ. މާނައަކީ ސުންނަތް ލިޔެގެން ރައްކާ ނުކުރުން އެއީ ފުރަތަމަ އައިސްފައިވާ ޙުކުމެވެ. އަދި އެއަށްފަހު އެވަނީ މައްކާ ފަތަޙަ ކުރެއްވި ދުވަހުގެ ޙާދިޘާއާއި އެކަލޭގެފާނު އާލާސްކަންފުޅާ އެކު ދާންކޮޅުގައި އޮންނަވައި ހިނގި ޙާދިޘާއިން ކުރީގެ ފުރަތަމަ ޙުކުމް މަންސޫޚުވެފައެވެ. އަދި އެކަމުގެ ޙިކުމަތެއް ކަމުގައި އެބޭކަލުން ވިދާޅުވެފައިވަނީ؛ ފުރަތަމަ ކޮޅުގައި ޤުރްއާނާއި އެކަލޭގެފާނުގެ ޙަދީޘްފުޅުތައް އެކުވެ މީސްތަކުންނަށް އޮޅިދާނެ ކަމައްޓައި އެކަލޭގެފާނު އެކަން ނަހީކުރެއްވީ ކަމުގައެވެ. އަދި ޤުރްއާންގެ ހުރިހާ އާޔަތެއް ވެސް އެއްކޮށް ބާވައިލައްވައި ނިމި، އަދި އޮޅުންއަރައިފާނެ ކަމަށް އޮތް ބިރު ވެސް ނެތިގޮސް ، ހުރިހާ ކަންކަން ހަމަޔަކަށް އެޅި ، އަދި އެނޫން ސަބަބުތައް ނެތި ދިޔުމުން އެކަމަށް ހުއްދަ ދެއްވީކަމުގައެވެ.

 

  • ނުވަތަ، އެކަލޭގެފާނުގެ ނަހީފުޅަކީ މުޠުލަޤު ނަހީ އެއް ނޫން ކަމުގައެވެ. އެއީ، ޤުރްއާން ލިޔަން ގެންގުޅުއްވި ފަތްފުށްތަކާއި ބަކަރި ހަންގަނޑުގައި އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުތައް ނުލިޔުމަށް އޮތް އަމުރުފުޅެއް ކަމުގައެވެ. އެޒަމާނުގައި ވަޞީލަތްތައް މަދުކަމުން އެކައްޗެއްގައި ޤުރްއާނައި ސުންނަތް ނުލިޔުމަށް އަމުރުފުޅު ކުރެއްވީ ކަމުގައެވެ. ވަކިވެފައިވާ ވަކި ދެ އެއްޗެއްގައި ލިޔާނަމަ ލިޔުން އެންމެ ރަނގަޅު ކަމުގައެވެ.

 

  • ނުވަތަ ޙަދީޘް ލިޔުމުގެ ހުއްދަ ދެއްވުނީ، ވަކި ޚާއްޞަ ބައެއް ޞަޙާބީންނަށް ކަމުގައެވެ. އެއީ އާއްމުކޮށް އެންމެނަށް ދެއްވުނު ހުއްދައެއް ނޫން ކަމުގައެވެ. ޤުރްއާނާއި ސުންނަތް އެކުވެ އޮޅުންބޮޅުން ނުވާނެ ނުވަތަ އެ ދޭތި ވަކިކުރަން ރަނގަޅަށް ދަންނަ، އެނގޭ ބޭކަލުންނަށް ދެވުނު ޚާއްޞަ އިޛުނައެއް ކަމުގައެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 20