މުންކަރާތްތަކަށް އިންކާރުކުރާނީ ކިހިނެތް 2

އިބްނު ރަޖަބު ވިދާޅުވިއެވެ. [1] “ހިތުން އިންކާރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. އެމީހެއްގެ ހިތުން މުންކަރާތްތަކަށް އިންކާރުނުކުރާމީހާ ދަންނައެވެ. އޭގެން ދަލީލުކުރަނީ އޭނާގެ ހިތުގައި އީމާންކަން ނުވާކަމަށެވެ.” އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. [2] “ﷲ ތަޢާލާ ނުރުހުންތެރިވެވޮޑިގެންވާ ކަންކަމަށް އިންކާރުކުރުން ހިތުގައި ނުވާނަމަ، އޭނާގެ ކިބައިގައި ޘަވާބުލިބުން ޙައްޤުވާފަދަ އީމާންކަމެއް ނުވެއެވެ. އެކަލޭގެފާނު ބަޔާންކުރައްވާފައި އެވަނީ އީމާންކަމުގެ ފުރިހަމަކަމުގެ ވާހަކައެވެ. އެބަހީ (މުންކަރާތްތަކަށް އިންކާރުކުރުމުގެ) ތިން ދަރަޖައަށް ފަހު އީމާންކަމުގެ (ޢަމަލުތަކުގެ ތެރެއިން) ރެވިއޮށްޓަރެއްގެ މިންވަރުވެސް ނުވާނެކަމުގައެވެ. އޭގެ […]
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 24

ދަންނަންވީ ޙަޤީޤަތަކީ، އެއްޗެއް ރައްކާތެރި ކަމާއެކު އޮތުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ސަބަބަކީ އެ އެއްޗަކާ ޙަވާލުވާ ބައެއްގެ އަމާނާތްތެރިކަމެވެ. އެމީހުންގެ އިޚްލާޞްރެތި ކަމެވެ. އަދި އަނެއް ސަބަބަކީ، އެބައެއްގެ ކިބައިގައި އެއެއްޗެއް އަމާނާތްތެރި ކަމުގައި އުފުލައިގެން އަނެކުންނާ ހިސާބަށް ވާޞިލުކޮށްދިނުމުގެ ކުޅަދާނަކަން ހުރުމެވެ. އެކަން ، ތިރީގައި މިވާ އާޔަތުން ވެސް ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. قَالَ عِفْرِيتٌ مِّنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَن تَقُومَ مِن […]