އިބްނު ރަޖަބު ވިދާޅުވިއެވެ. [1]
“ހިތުން އިންކާރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. އެމީހެއްގެ ހިތުން މުންކަރާތްތަކަށް އިންކާރުނުކުރާމީހާ ދަންނައެވެ. އޭގެން ދަލީލުކުރަނީ އޭނާގެ ހިތުގައި އީމާންކަން ނުވާކަމަށެވެ.”
އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. [2]
“ﷲ ތަޢާލާ ނުރުހުންތެރިވެވޮޑިގެންވާ ކަންކަމަށް އިންކާރުކުރުން ހިތުގައި ނުވާނަމަ، އޭނާގެ ކިބައިގައި ޘަވާބުލިބުން ޙައްޤުވާފަދަ އީމާންކަމެއް ނުވެއެވެ. އެކަލޭގެފާނު ބަޔާންކުރައްވާފައި އެވަނީ އީމާންކަމުގެ ފުރިހަމަކަމުގެ ވާހަކައެވެ. އެބަހީ (މުންކަރާތްތަކަށް އިންކާރުކުރުމުގެ) ތިން ދަރަޖައަށް ފަހު އީމާންކަމުގެ (ޢަމަލުތަކުގެ ތެރެއިން) ރެވިއޮށްޓަރެއްގެ މިންވަރުވެސް ނުވާނެކަމުގައެވެ. އޭގެ މާނައަކީ އެއީ އީމާންކަމުގެ އެންމެ ފަހު އިންފާރުކަމެވެ. އެހެނަސް އެކަން ނުކުރާމީހެއްގެ ކިބައިގައި އީމާންކަމުގެ އެއްވެސް މިންވަރެއް ނުވުމަކީ، އެއީ އެކަލޭގެފާނުގެ (މިބަސްފުޅުގެ) މުރާދެއް ނޫނެވެ.”
މުންކަރާތްތައް ނައްތާލަން ޖެހޭނީ ޙިކުމަތްތެރިކަމާއެކުގައެވެ. އަދި ކުޅަދާނަކަން ލިބިގެންވީ މިންވަރަކުންނެވެ. އަދި އެމުންކަރާތް ނައްތާލުމަށް އެއަށްވުރެ ބޮޑު މުންކަރާތަކަށް އަރައިގަނެގެން ނުވާނެއެވެ. ނުވަތަ އެއަށްވުރެ ބޮޑު ފަސާދައަކަށްވެސް އަރައިގަނެގެން ނުވާނެއެވެ.
______________________
[1] جامع العلوم والحكم (2/245)
[2] الفتاوى (7/52)
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް