މަލާއިކަތުންނަށް އީމާންވުން

މަލާއިކަތުންނަށް އީމާންވުމާމެދު ދަންނައެވެ. އެކަމުގައި ހިމެނެނީ ޢާންމު ގޮތެއްގައި އަދި ތަފްޞީލީކޮށް (މަލާއިކަތުންނާ ބެހޭގޮތުން އައިސްފައިވާކަންކަމަށް) އީމާންވުމެވެ. ފަހެ، ހަމަކަށަވަރުން ﷲ ތަޢާލާ މަލާއިކަތުންތަކެއް ޚަލްޤުކުރައްވާފައިވާކަމަށް މުސްލިމުން އީމާންވެއެވެ. އަދި އެއީ އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުމަށް ޚަލްޤު ކުރައްވަފައިވާ ބައެކެވެ. އަދި އެއިލާހު މަލާއިކަތުން ޞިފަކުރައްވާފައިވަނީ މިފަދައިންނެވެ. ﴿عِبَادٌ مُّكْرَمُونَ [٢٦] لَا يَسْبِقُونَهُ بِالْقَوْلِ وَهُم بِأَمْرِهِ يَعْمَلُونَ [٢٧] يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ […]
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 29

ނ- ދެން އެއަށްފަހު، ޞަޙާބީންގެ ތެރެއިން އިސް ސަފުގައި އުޅުއްވި ބޭބޭކަލުން ޙަދީޘް ރިވާކުރުމާއި އެ ލިޔެ ހެދުމާ މެދުގައި ނުރުހުންވެވަޑައިގެން ކަމަށާއި އެކަމަށް އިންޒާރު ދެއްވާފައިވާ ކަމަށާއި، ޙަދީޘް ރިވާކުރެއްވި ބައެއް ޞަޙާބީ ބޭކަލުންނަށް ޢުމަރުގެފާނު رضي الله عنه އިންޒާރު ދެއްވައި، ހައްޔަރުވެސް ކުރެއްވި ކަމަށް ބުނެފައިވާ ދަޢުވާއަކީވެސް ކުރިން މިދިޔަ ފަދަ އޭގައި އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ދަޢުވާއެކެވެ. އެކަމަށް އެމީހުން ޢުމަރު رضي الله عنه ގެ […]