[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 29

 

ނ- ދެން އެއަށްފަހު، ޞަޙާބީންގެ ތެރެއިން އިސް ސަފުގައި އުޅުއްވި ބޭބޭކަލުން ޙަދީޘް ރިވާކުރުމާއި އެ ލިޔެ ހެދުމާ މެދުގައި ނުރުހުންވެވަޑައިގެން ކަމަށާއި އެކަމަށް އިންޒާރު ދެއްވާފައިވާ ކަމަށާއި، ޙަދީޘް ރިވާކުރެއްވި ބައެއް ޞަޙާބީ ބޭކަލުންނަށް ޢުމަރުގެފާނު رضي الله عنه އިންޒާރު ދެއްވައި، ހައްޔަރުވެސް ކުރެއްވި ކަމަށް ބުނެފައިވާ ދަޢުވާއަކީވެސް ކުރިން މިދިޔަ ފަދަ އޭގައި އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ދަޢުވާއެކެވެ.

 

އެކަމަށް އެމީހުން ޢުމަރު رضي الله عنه ގެ ކިބައިން އެގެންނަ އަޘަރުގައި ވާގޮތުން ޢުމަރު رضي الله عنه ވަަނީ އިބްނު މަސްޢޫދު އާއި އަބޫ އައްދަރްދާއާއި އަބޫ ޛައްރު رضي الله عنهم ރަސޫލާ صلى الله عليه وسـلم ގެ ޙަދީޘް ރިވާކުރައްވާ ކަމަށްޓަކައި ޙައްޔަރުކޮށްފައެވެ. ނަމަވެސް އިމާމް އިބްނު ޙަޒަމް رحمه الله ވަނީ އެ ރިވާޔަތަކީ ބުރިވެފައިވާ ރިވާޔަތެއްކަމަށް ވިދާޅުވެފައެވެ.

[الإحكام في أصول الأحكام، ابن حزم، دار الكتب العلمية، بيروت، ط1، 1405هـ/ 1985م،(2/266).].

 

އަދި ޑ. މުސްޠަފާ އައްސުބާޢީ ވަނީ ، އެ ރިވާޔަތުގެ ރާވީ އިބްރާހީމް ބުނު ޢަބްދިއްރަޙްމާން ބުނި ޢަވްފް އާއި ޢުމަރު رضي الله عنه ގެ އުމުރުގައި ހުރި ތާފާތުގެ ސަބަބުން އެ ރިވާޔަތުގެ އިންޤިޠާޢު (ބުރިވުން) ބަޔާންކޮށްދެއްވާފައެވެ.

[السنة ومكانتها في التشريع الإسلامي، د. مصطفى السباعي، دار السلام، القاهرة، ط3، 1427هـ/ 2006م، ص72].

 

އަދި މީގެ އިތުރުން މި ރިވާޔަތަކީ ބުއްދީގެ ހަމަތަކުން ބެލިޔަސް ބާޠިލު ރިވާޔަތެއްކަން އެނގޭ އެއް ކަމަކީ، 848ޙަދީޘް ރިވާކުރައްވާފައިވާ އިބުނު މަސްޢޫދު رضي الله عنه އާއި ، 179 ޙަދީޘް ރިވާކުރެއްވި އަބޫ އައްދަރްދާ رضي الله عنه އާއި ، 281 ޙަދީޘް ރިވާކުރައްވާފައިވާ އަބޫ ޛައްރު رضي الله عنه ހައްޔަރު ކުރައްވާފައި ، ނަމަވެސް 5374 ޙަދީޘް ރިވާކުރެއްވި އަބޫ ހުރައިރާ رضي الله عنه ހައްޔަރު ‘ނުކުރައްވާ’ މިނިވަން ކަމާއެކު އުޅުއްވުމަށް ޢުމަރު رضي الله عنه ދޫކޮށްލާފައިވުމެވެ. ފަހެ ޢުމަރު رضي الله عنه އަށް ވަނީ އެހެން ސަޙާބީންގެ ކިބައިން ޙަދީޘް ފޯރި ފަދަައިން އަބޫ ހުރައިރާގެ ކިބައިންވެސް ޙަދީޘް ފޯރާފައެވެ. އަދި އެކަމަށް އެކަލޭގެފާނު އަބޫ ހުރައިރާ رضي الله عنه އަށް ނުރުހުން ފާޅުކުރައްވާފައެއް ނުވެއެވެ. ފަހެ، ޢުމަރު رضي الله عنه ފަދަ ޢަދުލުވެރި ޚަލީފާވެރިއެއް މިފަދަ ކަމެއްގައި ދެ މީހަކަށް ދެގޮތަށް ޙުކުމް ކުރައްވާނެ ކަމަށް ޤަބޫލު ކުރުމަކީ އެއްވެސް ހަމައަކުން ބެލިޔަސް ބުއްދި ޤަބޫލުކުރާނެ ކަމެއް ނޫނެވެ.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 28