ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 30

ކޮންމެއަކަސް، ނަބިއްޔާ صلى الله عليه وسـلم ގެ ޞަހާބީން ވެވަޑައިގެންނެވީ ޙަދީޘް ރިވާކުރެއްވުމުގައި ވަރަށްވެސް ތަޤްވާވެރިވެ އެކަމާއި މެދު ބިރުވެތި ވެވަޑައިގެން ފަރުވާތެރި ވެވަޑައިގެންނެވި ބޭކަލުންތަކެއް ކަމުގައެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ނޭނގިގެން ނުވަތަ އޮޅުމަކުން ނަމަވެސް އިތުރުފުޅެއް ހެއްދެވިދާނެކަމަށްޓަކައި އެބޭކަލުން ޙަދީޘް ރިވާކުރެއްވުމަށް ނުހަނު ފަސްޖެހިވަޑައިގެންނެވިއެވެ. އެހެނީ، ނަބިއްޔާ صلى الله عليه وسـلم ގެ މައްޗަށް ދޮގެއް ހެދުމަކީ އާދައިގެން ކަމެއް ނޫނެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރެއިންވެސް ނުރައްކާތެރިކަން ބޮޑު […]
ފޮތްތަކަށް އީމާންވުން

ފޮތްތަކަށް އީމާންވުމުގައި ވާޖިބުވެގެންވަނީ ހަމަކަށަވަރުން އެއިލާހުގެ ނަބިއްޔުންނާއި ރަސޫލުންގެ ދަޢުވަތުގެ ޙައްޤުކަން ބަޔާންކޮށްދެއްވުމުގެ ގޮތުން ﷲ ފޮތްތައް ބާވައިލެއްވިކަމަށް އީމާންވުމެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ﴾ [سورة الحديد ٢٥] މާނައީ: “ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންއިލާހު ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި، ޢަދުލު އިންޞާފުގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައެވެ.” އަދި އެއިލާހު […]