ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 39
“وَإِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِّنْهُم مُّعْرِضُونَ” ﴿النور: ٤٨﴾ “އަދި އެއުރެންގެ މެދުގައި حكم ކުރެއްވުމަށް، اللَّه އާއި އެކަލާނގެ رسول ގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފިނަމަ، އެހާރުން އެއުރެންގެ ތެރެއިން ބަޔަކު، އެނބުރި ފުރަގަސްދޭބަޔަކު ކަމުގައިވެއެވެ”. ފަހެ މިއާޔަތްތަކުގައި ސާފުކޮށް ފެންނަން އެވަނީ، ﷲ ތާޢާލާ “އާއި” އެކަލާނގެ ރަސޫލާގެ ޙުކުމުގެ ވާހަކައެވެ. އެކަލޭގެފާނުގެ ޙުކުމްފުޅަށް ބޯ ލަނބަން ނުޖެހޭ ނަމަ އެކަލޭގެފާނުގެ […]
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 38
ފަސް ވަނަ ދަޢުވާ: ދެން އެމީހުން ގެންނަ ދަޢުވާއަކީ، ޙުކުމް ކުރުމަކީ ހަމަ އެކަނި ﷲ އަށް ވާ ކަމެއް ކަމަށާއި ޤުރްއާން ފިޔަވައި ނަބިއްޔާ صلى الله عليه وسـلم ސުންނަތައް ޙުކުމް ކުރާނަމަ އެއީ ޝިރުކެއް ކަމަށެވެ. އެގޮތުން “…إِنِ الْحُكْمُ إِلَّا لِلَّـهِ…” [سورة الأنعام: 57، سورة يوسف: 40، 67]. “ހަމަކަށަވަރުން ޙުކުމް ކުރެއްވުން ﷲ އަށް މެނުވީ ނުވެއެވެ”. ފަދަ އާޔަތްތައް އެމީހުންގެ ދަޢުވާއަށް ހެކި ދެއްކުމައްޓަކައި […]