[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 38

 

ފަސް ވަނަ ދަޢުވާ:

ދެން އެމީހުން ގެންނަ ދަޢުވާއަކީ، ޙުކުމް ކުރުމަކީ ހަމަ އެކަނި ﷲ އަށް ވާ ކަމެއް ކަމަށާއި ޤުރްއާން ފިޔަވައި ނަބިއްޔާ صلى الله عليه وسـلم ސުންނަތައް ޙުކުމް ކުރާނަމަ އެއީ ޝިރުކެއް ކަމަށެވެ. އެގޮތުން “…إِنِ الْحُكْمُ إِلَّا لِلَّـهِ…” [سورة الأنعام: 57، سورة يوسف: 40، 67]. “ހަމަކަށަވަރުން ޙުކުމް ކުރެއްވުން ﷲ އަށް މެނުވީ ނުވެއެވެ”. ފަދަ އާޔަތްތައް އެމީހުންގެ ދަޢުވާއަށް ހެކި ދެއްކުމައްޓަކައި ބޭނުން ކުރެއެވެ.

 

ރައްދު

ފަހެ ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތައް ޙުކުމް ކުރުމަކީ ﷲ ގެ ޙުކުމަށް ޙުކުމް ކުރުމެވެ. އެހެނީ ދީނުގެ ކަންކަމުގައި އެކަލޭގެފާނު އަމިއްލަފުޅަށް ބަސްފުޅެއް ޙަދީޘްފުޅު ނުކުރައްވާނެ ކަމުގައި ﷲ ތަޢާލާ އެވަނީ ވަޙީކުރައްވާފައެވެ:

 

(وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾). [سورة النجم: 3-4].

“އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ”.

 

އާއި؛

 

“إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَـٰئِكَ هُمُ الْمُفْلِحُونَ” ﴿النور: ٥١﴾

“އެއުރެންގެ މެދުގައި، حكم ކުރެއްވުމަށް اللَّه އާއި އަދި އެކަލާނގެ رسول އާގެ އަރިހަށް އައުމަށް، އެއުރެންނަށް ގޮވައިލައްވައިފި ހިނދަކު، مؤمن ންގެ ބަހެއްކަމުގައި ވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެއުރެން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ”.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 37