ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 40

ހަ ވަނަ ދަޢުވާ: އެއަށްފަހު ދެން އެމީހުން ގެންނަ ދަޢުވާއަކީ، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތުގައި އައިސްފައިވާ އަމުރުފުޅުތަކާއި ނަހީތަކަކީ އެޒަމާނުގައި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ޞަޙާބީންނާ މުޚާތަބުކުރައްވައި ޙަދީޘްފުޅު ކުރެއްވި އެއްޗެހި ކަމާއި ، މިޒަމާނާއި އެޒަމާނުގެ ކަންކަން މިހާ ތަފާތު ބޮޑު ވެފައިވާއިރު އެ އަމުރުފުޅުތަކާއި ނަހީތައް މިޒަމާނަކަށް ނުފެތޭނެ ކަމުގައެވެ. އެއީ ޒަމާނާ މަކާނާ ގުޅިގެން އަންނަ ކަންކަން ކަމުގައެވެ. ރައްދު އެހެން އެކަން ވާނަމަ، […]
މުންކަރާތް ނައްތާލެވުނުތޯ ނުބަލާ 2

އަދި ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމަކީ ކުށްފާފަތަކަށްވާ ކައްފާރާއެކެވެ. އަދި ނިޢުމަތް ރައްކާތެރިކޮށްދޭކަމެކެވެ. އަދި އުޑުން ޢަޛާބު އައުން މަނާކުރާކަމެކެވެ. އަދި އޭގެ ސަބަބުން ހިނގަމުންދާ މުންކަރާތަށްވުރެ ބޮޑު މުންކަރާތެއް ހިނގުން ހުއްޓުވެއެވެ. އަދި އެއީ މުޖުތަމަޢު އިޞްލާޙުކޮށް، މުސްލިމުންގެ ކިއްލާ ރައްކާތެރިކޮށްދޭކަމެކެވެ. އަދި އޭގެ ސަބަބުން އުންމަތް ފިތުނަތަކާއި ޝުބުތަކާ އަދި ޝަހްވަތްތަކުން ރައްކާތެރިވެއެވެ. އަދި އެއީ މީސްތަކުންނަށްޓަކައި ކޮށްދެވޭ ވަރަށް ބޮޑު އިޙްސާންތެރިކަމެކެވެ. އަދި އެހުރިހާ ކަމަކާއެކުވެސް އެނޫން ވަރަށް ގިނަ ފައިދާތައްވެސް މުންކަރާތް […]