[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 44

  ކޮންމެއަކަސް މަތީގައި ވެސް ބަޔާން ކުރެވުނު ފަދައިން ، ސުންނަތަށް އިންކާރު ކުރާ މީހުންގެ ދަޢުވާއާ ޚިލާފަށް، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ޞަޙާބީންނަށް ދަސްކޮށްވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. އަދި އެބޭކަލުންވެސް ވަނީ އެކަލޭގެފާނުގެ ސުންނަތް ދަސްކޮށް ޢަމަލުކޮށް އެއަށް ރައްކާތެރިވެ އެރައްކާތެރި ކުރުމަށްޓަކައި ގަދައަޅައި ނުހަނު ގިނަގުނަ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ނަމާދުގައި ކިޔަންޖެހޭ ޛިކުރުތަކާއި ނަމާދުން ބޭރުގައި ކިޔަންޖެހޭ ދުޢާތަކާއި އެނޫން […]

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 43

  އަދި ހަމައެފަދައިން، ނަބިއްޔާ صلى الله عليه وسـلم ގެ ކިބައިން އަކުރުން އަކުރަށް ފިލިން ފިއްޔަށް ‘ބައެއް’ ރިވާޔަތްތައް އައިސްފައި ނުވާ ވާހަކަ މަތީގައި އަޅުގަނޑު ބަޔާންކުރި ބީދައިން، ހަމަ އަކުރުން އަކުރަށް ފިލިން ފިއްޔަށް އެއްވެސް ތަފާތެއް ، ބަދަލެއް ނައިސް ، ރިވާވެގެން އައިސްފައިވާ ޙަދީޘްތައް ވެސް ހުރިކަން ފާހަގަކޮށްލަން މިދަނޑިވަޅުގައި ޖެއެވެ. އެހެނީ، އެކަލޭގެފާނުގެ ކިބައިން ވާރިދުވެފައިވާ ދުޢާތަކާއި ޛިކުރުތަކުގެ ކަލިމަތަކަކީ އެއަށް އެއްވެސް ބަދަލެއް ނުގެނެސް ބޭނުން ކުރަންޖެހޭ […]