[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 44

 

ކޮންމެއަކަސް މަތީގައި ވެސް ބަޔާން ކުރެވުނު ފަދައިން ، ސުންނަތަށް އިންކާރު ކުރާ މީހުންގެ ދަޢުވާއާ ޚިލާފަށް، ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތް އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ ޞަޙާބީންނަށް ދަސްކޮށްވުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ. އަދި އެބޭކަލުންވެސް ވަނީ އެކަލޭގެފާނުގެ ސުންނަތް ދަސްކޮށް ޢަމަލުކޮށް އެއަށް ރައްކާތެރިވެ އެރައްކާތެރި ކުރުމަށްޓަކައި ގަދައަޅައި ނުހަނު ގިނަގުނަ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ނަމާދުގައި ކިޔަންޖެހޭ ޛިކުރުތަކާއި ނަމާދުން ބޭރުގައި ކިޔަންޖެހޭ ދުޢާތަކާއި އެނޫން އެތައް ކަމެއް އޭގެ ތެރޭގައި ހިމެނެއެވެ. ތިރީގައިގައި މިބަޔާންކުރާ ޙަދީޘްތަކުން އެކަން ވަރަށް ފުރިހަމައަށް ސާފުވެގެން ދެއެވެ. އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ:

 

قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَلِّمُنَا التَّشَهُّدَ كَمَا يُعَلِّمُنَا السُّورَةَ مِنَ الْقُرْآنِ ‏.‏ (مسلم: 403)

“ޤުރްއާނުން ސޫރަތެއް ތިމަން ބޭކަލުންނަށް އުނގަންނަވައި ދެއްވާ ފަދައިން ﷲ ގެ ރަސޫލާ صلى الله عليه وسـلم ތިމަން ބޭކަލުންނަށް (ނަމާދުގެ) އައްތަޙިއްޔާތު އުނގަންނަވައި ދެއްވާ ކަމުގައި ވިއެވެ”.

 

އަދި އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ:

كَانَ رَسُولُ اللَّهِ صلى الله عليه وسلم يُعَلِّمُنَا يَقُولُ ‏ “‏ لاَ تُبَادِرُوا الإِمَامَ إِذَا كَبَّرَ فَكَبِّرُوا وَإِذَا قَالَ وَلاَ الضَّالِّينَ ‏.‏ فَقُولُوا آمِينَ ‏.‏ وَإِذَا رَكَعَ فَارْكَعُوا وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ ‏.‏ فَقُولُوا اللَّهُمَّ رَبَّنَا لَكَ الْحَمْدُ ‏”‏ ‏.‏ ‏.‏ (مسلم: 415)

“ﷲ ގެ ރަސޫލާ صلى الله عليه وسـلم ތިމަން ބޭކަލުންނަށް އުނގަންނަވައި ދެއްވާކަމުގައި ވިއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވައެވެ: “ތިޔަބައިމީހުން (ނަމާދުގައި) އިމާމަށް ވުރެ ކުރިއަރައިގެން ނުދާހުށިކަމެވެ. (އިމާމު މީހާ) ތަކްބީރު ކިޔައިފި ނަމަ ތިޔަބައިމީހުން ތަކްބީރު ކިޔާށެވެ. އަދި “وَلاَ الضَّالِّينَ” ކިޔައިފި ނަމަ، ތިޔަބައިމީހުން “آمِينَ” ކިޔާށެވެ. އަދި ރުކޫޢު ކޮށްފިނަމަ ރުކޫޢު ކުރާށެވެ. އަދި “سَمِعَ اللَّهُ لِمَنْ حَمِدَهُ” ކިޔައިފި ނަމަ، “اللَّهُمَّ رَبَّنَا لَكَ الْحَمْدُ” ކިޔާށެވެ”.

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 43