[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 50

  އަނެއްކަމަކީ، ހުއްޖިއްޔަތުކަން ސާބިތު ކުރުމައްޓަކައި “ލިޔެ ރައްކާކުރަން މަޖުބޫރުކަމަށް” އެބުނާ ޤަވާޢިދު ނުވަތަ އުޞޫލަކީ އެމީހުން ކޮންތާކުން ގެނައި ޤަވާޢިދެއް ބާވައެވެ؟ އެމީހުން ބުނާގޮތުން ޤުރްއާނުގައި ހުރިހާ ކަމެއްގެ ތަފުސީލު އެބަވެއެވެ. އެކަމަކު އޭގެ އެއްވެސް އާޔަތެއްގައި އެބުނާ “ލިޔުން މަޖުބޫރުވާ” ޤަވާޢިދުގެ ވާހަކައެއް ނެތެވެ. އެހެންވީއިރު އެމީހުން އެޤަވާޢިދު އެގެނައީ ކޮންތަނަކުން ހެއްޔެވެ؟ ހަމަގައިމުވެސް އެއީ ޤުރްއާނުން ގެނައި ޤަވާޢިދެއް ނޫނެވެ. ފަހެ، އެޤަވާޢިދަކީ އެމީހުން އަމިއްލަ އެއްޗެއްކެވެ. އެއީ އެމީހުން އަމިއްލައަށް ހަދައިގެން […]

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 49

  ދިހަ ވަނަ ދަޢުވާ: އެމީހުން ބުނާ ގޮތުގައި ސުންނަތަކީ ޙުއްޖަތެއް ކަމުގައިވާނަމަ ޤުރްއާން ފަދައިން އެ ލިޔެ ރައްކާތެރިކުރުމަށް އަމުރުފުޅު ކުރެއްވީހެވެ.   ރައްދު މީގެ ޖަވާބު ދަންނައެވެ. އެއްޗެއް ނުލިޔެ އޮތުމަކީ އެ އެއްޗެއްގެ ޙުއްޖިއްޔަތުކަން ނަފީ ވާން ޖެހޭ ކަމެއް ނޫނެވެ. ފަހެ އެމީހުން އެބުނި ފަދައިން އެކަން އޮތް ނަމަ، ލިޔަން ކިޔަން ނުދަނަން މީސްމީހުންނަށް ލިބިފައި ހުރި ދަރިންގެ މައިންބަފައިން ޘާބިތު ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އަދި މީގެ އިތުރުން […]