[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 50

 

އަނެއްކަމަކީ، ހުއްޖިއްޔަތުކަން ސާބިތު ކުރުމައްޓަކައި “ލިޔެ ރައްކާކުރަން މަޖުބޫރުކަމަށް” އެބުނާ ޤަވާޢިދު ނުވަތަ އުޞޫލަކީ އެމީހުން ކޮންތާކުން ގެނައި ޤަވާޢިދެއް ބާވައެވެ؟ އެމީހުން ބުނާގޮތުން ޤުރްއާނުގައި ހުރިހާ ކަމެއްގެ ތަފުސީލު އެބަވެއެވެ. އެކަމަކު އޭގެ އެއްވެސް އާޔަތެއްގައި އެބުނާ “ލިޔުން މަޖުބޫރުވާ” ޤަވާޢިދުގެ ވާހަކައެއް ނެތެވެ. އެހެންވީއިރު އެމީހުން އެޤަވާޢިދު އެގެނައީ ކޮންތަނަކުން ހެއްޔެވެ؟ ހަމަގައިމުވެސް އެއީ ޤުރްއާނުން ގެނައި ޤަވާޢިދެއް ނޫނެވެ. ފަހެ، އެޤަވާޢިދަކީ އެމީހުން އަމިއްލަ އެއްޗެއްކެވެ. އެއީ އެމީހުން އަމިއްލައަށް ހަދައިގެން އުޅޭ އުޞޫލެކެވެ.

 

މިހިސާބުން ސުންނަތަށް އިންކާރު ކުރާ މީހުންނާ ކޮށްލަން ޖެހޭ ސުވާލަކީ؛ ޤުރްއާނުގެ އިތުރުން ނަބިއްޔާ صلى الله عليه وسـلم ގެ ސުންނަތުގެ ޙުއްޖިއްޔަތައް އީމާންވާ މީހުން ދީނުން ބޭރުވާކަމަށް އެބައިމީހުން ޤަބޫލުކުރި ފަދައިން، ޤުރްއާނުން ބޭރުން، ޤުރްއާނުގައި ނުވެސް ނެތް، “ލިޔުން މަޖުބޫރު” ކަމަށް އަމިއްލައަށް ޤަވާޢިދު ހަދައި އެ ޤަވާޢިދަކީ އަސާސެއް ކަމަށް އީމާންވި މީހުންވެސް ދީނުން ބޭރު ނުވާނެ ބާއެވެ!!!

 

 

އެގާރަ ވަނަ ދަޢުވާ:

އެމީހުން ބުނާ ގޮތުގައި އެންމެ މީހެއްގެ ކިބައިން ރިވާވާ އާހާދު ޙަދީޘްތަކާއި ޚަބަރުތަކުން އެއްވެސް ޙާލެއްގައި ޔަޤީންކަމާއެކު އެއްވެސް ކަމެއް ޘާބިތެއް ނުވާނެއެވެ.

 

ރައްދު

އޭގެ ރައްދަކީ؛ އެންމެ ފަރާތެއްގެ ކިބައިން އަންނަ ވާހަކަ އަކީ ޔަޤީންކަމާއެކު ކަމެއް ޘާބިތުކުރަން ކުފޫ ހަމަވާވަރުގެ ޤަރީނާއެއް ނޫންކަމުގައި ވީނަމަ، ﷲ ތަޢާލާގެ ޙަޟްރަތުން ޤުރްއާނާއިގެން ވަޑައިގަންނަވާނީ ޖިބުރީލް عليه السلام އެކަންޏެއް ނޫނެވެ. އެކަލޭގެފާނާ އެކީގައި އެހެން އިތުރު މަލާއިކަތެއްވެސް ވަޑައިގަތީއްސެވެ. އަދި ހަމަ އެފަދައިން ނަބިއްޔާ صلى الله عليه وسـلم އާ އެކުގައި އެހެން އައު ނަބީބޭކަލެއް ވެސް ވަޑައިގަތީއްސެވެ. އަދި ކިސްރާ ކައިރިއަށް އެކަލޭގެފާނުގެ ސިޓީފުޅު ހިއްޕަވައިގެން އެކަކު ފޮނުއްވުމުގެ ބަދަލުގައި އެކަކަށް ވުރެ ގިނަ ޞަޙާބީން ފޮނުއްވީހެވެ.

 

ފަހެ، އާޙަދު ޙަދީޘުން ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް ﷲ ތަޢާލާ އެކަނލާގެ ދީން ޙިމާޔަތް ކުރައްވާނެއެވެ. އަދި އާޙާދު ޙަދީޘްތައް ނެގުމަކީ މައްސަލައެއް ކަމުގައިވާނަމަ އެކަން ﷲ ތަޢާލާ އެންގެވީއްސެވެ. އެމީހުން ކައިރީގައި މިހާ ހިސާބުން ކުރަންޖެހޭ ސުވާލަކީ، އާޙާދު ޙަދީޘްއަކީ ބާޠިލު އެއްޗެއް ކަމުގައި އޮތީ ޤުރްއާނުގެ ކޮން އާޔަތެއްގައި ހެއްޔެވެ؟

 

ނުނިމޭ…

 

ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 49