عيسى عليه السلام – ٥

ޢީސާ عليه السلام ގެ ރިސާލަތާއި ދެކޮޅުވެރިކަން
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 52

ބާރަ ވަނަ ދަޢުވާ: އެމީހުން ބުނާ ގޮތުގައި ޙަދީޘްތަކުގެ ރާވީންގެ ތެރޭގައި ތެދުވެރިން ތިބި ފަދައިން ދޮގުވެރިންވެސް ވެއެވެ. އެހެންކަމުން ޞައްޙަ ޙަދީޘްއާއި ޟައީފު ޙަދީޘް ވަކިކުރާކަށް ނޭންގޭނެއެވެ. ރައްދު ތެދެކެވެ. ޙަދީޘް ރާވީންގެ ތެރޭގައި ދޮގުހަދާ މީހުންވެސް ވެއެވެ. އެހެންވެ ޙަދީޘް ޢިލްމުގެ ޢިލްމުވެރިން އެވަނީ ތެދުވެރިއެއްކަން ޔަޤީންނުވާ މީހުންގެ ކިބައިން އައިސްފައިވާ އެންމެހާ ޙަދީޘްތައް އެކަހެރިކޮށް ދުރުކޮށް އެއްކައިރީގައި ބަހައްޓަވާފައެވެ. އަދި ދީނުގެ ޙުކުމްތައް ނެގުމަށް ބޭނުން މިކުރެވެނީ ޞައްޙަކަން ޔަޤީންވާ […]